ޔޫކްރެއިން އަށް އަރައި ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި، ރަޝިޔާ ސިފައިން ގެންދަނީ އެމީހުން ހިފާފައިވާ ސަރަހައްދެއްގައި ދިރިއުޅޭ އަންހެނުން ރޭޕް ކުރަމުން ކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ތުހުމަތު ކޮށްފިއެވެ.
އޮންލައިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން، ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ދިމިޓްރޯ ކޫލެބާ، ވާހަކަ ދައްކަވަމުން ވިދާޅުވީ، ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ރޭޕްގެ އެތައް މަސައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ.
އޭނާގެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ދީފައި ނުވި ނަމަވެސް ޔޫކްރެއިންގެ މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަފްތާއަކަށްވުރެ ގިނަ ދުވަހުގެ ހަނގުރާމައަށްފަހު ރަޝިޔާއިން އަތުލައިގަނެފައިވާ ސިޓީއެއް ކަމަށްވާ، ޚެރްސަންގައި ރޭޕްގެ 11 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
ކުލޭބާ ވަނީ، ރަޝިޔާއިން ޔޫކްރެއިން އަށް އަރައިގަނެ އެގައުމުގައި ހިންގަމުންދާ ޖަރީމާތަކުގެ ހަގީގަތް ހާމަކުރުމަށް މީޑިއާތަކަށް ގޮވާލައްވާފައެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ވަނީ ހިޖުރަކޮށްފައެވެ.

