ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން އެގައުމުގައި ވިސާ އަދި މާސްޓަ ކާޑުން ވިޔަފާރިކުރާ ފަރާތްތަކުގެ އެޚިދުމަތް މެދުކަނޑާލައިފިއެވެ.
ވިސާ އިން ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ރަޝިއާގައި ދޫކޮށްފައިވާ ހުރިހާ ވިސާ ކާޑެއްގެ ޚިދުމަތް ހުއްޓުމަކަށް އަންނާނެއެވެ. ރަޝިޔާގައި ވިސާ ކާޑުގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވާއިރު، މިކާޑުތައް ދުނިޔޭގެ އެހެން ގައުމެއްގައިވެސް ބޭނުމެއް ނުކުރެވޭނެ ކަމަށް ވިސާ އިންކުން ބުނެއެވެ.
ވިސާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލް ކެލީ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާންއާއި ގުޅިގެން ފިޔަވަޅު އަޅަން މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކަކީ އެހަމަލާތަކުގެ ސަބަބުން ގަބޫލުކުރަން ދަތި ކަންތައްތަކެއް ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާންއާއި ގުޅިގެން ފިޔަވަޅު އަޅަން އަހަރެމެންނަށް މަޖުބޫރު ވެއްޖެ. – އޭނާ ވިދާޅުވިއެވެ.
ރަޝިޔާގައި ވިސާ އަދި މާސްޓަރ ކާޑުގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވާއިރު، އެ ދެކުންފުނިން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

