ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ(އަޑުބަރޭ) ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު އިއްޔެ މިނިވަން ކޮށްފިއެވެ.
އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައި ވަޑައިގެންނެވިއިރު އަސްހަދު ޖާމިނުކޮށް ދިޔުމުން، ކޯޓުގެ އަމުރާއި އަލީ ވަހީދު ޚިލާފްވެފައިވާތީއެވެ.
އެހެންކަމުން މިދިޔަ ފެބްރުއަރީމަހު 2 ވަނަ ދުވަހު ކޯޓުން ވަނީ އަސްހަދުގެ މައްޗަށް ޖަލުހުކުމެއް އިއްވާފައެވެ. ޖަލުހުކުމް އިއްވިއިރު އަސްހަދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެންނަމަވެސް ރާއްޖެ އައުމަށްފަހު އަސްހަދުވަނީ އަމިއްލައަށް ކަރެކްޝަނާއި ހަވާލުވެފައެވެ.
ޖަލުހުކުމް އިއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަސްހަދު ވަކިކޮށްފައެވެ.
ހުކުމް ތަންފީޒުކުރުމަށްފަހު މިހާރު އަސްހަދަކީ މިނިވަނެކެވެ.

