ގދ. ތިނަދޫގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ތިނަދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އެރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އަދި އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. އެ ބައްދަލުވުން ތާވަލް ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 13:30 އަށް، ތިނަދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ.
އިއުލާނުގައި އިތުރަށް ބުނީ އެ މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

