ބާރު ސްޕީޑެއްގައި ދުއްވަމުންދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހދ.ކުޅުދުއްފުށީގައި ހިނގާދިޔަ މިއެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް މަގުމެދު ހުރި ހޮޅިދަނޑިއެއްގައި ޖެހުމުގެ ސަބަބުން ސައިކަލުގައި ވަނީ އަލިފާން ރޯވެފައެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެދުނުއެވެ.
މަންޒަރުދުށް މީހުން ބުނި ގޮތުގައި ސައިކަލް ހޮޅިދަނޑީގައި ޖެހުމުން ދުއްވަން އިން މީހާ ވިއްސައިގެން ގޮސް ޖެހުނީ ކައިރީގައި އޮތް ކާރެއްގައެވެ. އެމީހާއަށް ސީރިޔަސް އަނިޔާއެއް ނުލިބޭ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ މީޑީޔާއަށް ކަށަވަރުކޮށްދީފައެވެ.
އެހެންނަމަވެސް އެކްސިޑެންޓްވި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

