ސިފައިންގެ ތަމްރީން ހަދަމުންދިޔަ ގދ.ގައްދޫ މީހަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިފައިންގެ ތަމްރީން ހަދަން ދިޔަ ގދ.ގައްދޫ، ޕްރައިވެޓް، އިއްޔެގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ސިފައިންގެ ތަމްރީން ހެދުމަށް އިއްޔެ މާފިލާފުއްޓަށް ގޮސް އުޅެނިކޮށް މުޙައްމަދު ރާފިލް ރަބީލް ނޭވާ ނުލަމަށް އުދަގޫވާތީ އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ފަރުވާ ދެމުން ދަނިކޮށް ރާފިލް ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.

