މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހޮވިއްޖެއެވެ.
ޕާޓީގެ ޑެޕިއުޓީ ޕީޖީގެ ލީޑަރުކަމަށް އެއްވަރަކަށް ވޯޓު ލިބުނު ދެކެނޑިޑޭޓުންގެ މެދުގައި މިއަދު ބޭއްވުނު އިންތިޚާބު ޝަހީމް މިވަނީ ކާމިޔާބުކޮށްފައެވެ. މިއިންތިޚާބުގައި ވާދަކުރި ދެވަނަ ކެނޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ.
އިލްޔާސް ލަބީބްއަށް މިއިންތިޚާބުގައި 25 ވޯޓް ލިބިފައިވާއިރު ޝަހީމަށް ލިބިވަޑައިގަތީ 38 ވޯޓެވެ.
މުޅި ޖުމްލަ 65 މެމްބަރުންގެ މެދުގައި ބޭއްވުނު އިންތިޚާބުގައި 13 ވޯޓުގެ ތަފާތުން ޝަހީމް މިވަނީ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިފައެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން ހޮވަން ފުރަތަމަ އިންތިހާބު ބޭއްވީ މިދިޔަ މަހުގެ 18 ގައެވެ. އެ އިންތިހާބުގައި ވެސް އެ ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ 34 ވޯޓެވެ.
އެމްޑީޕީ ޕީޖީގެ ޑެޕިއުޓީ ލީޑަރގެ މަޤާމަށް ދެބޭފުޅުން ހޮވަން ނިންމާފައިވާއިރު އެ އިންތިހާބުގައި ދެން ވާދަކުރެއްވި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ 49 ވޯޓާއެކު ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިންތިހާބުވެވަޑައިގެންފައެވެ.

