މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ދޫކުރާ ފައިނޭންސިންގ ފެސިލިޓީތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އެމްއައިބީއިން ނިންމައިފިއެވެ.
އެމްއައިބީއިން ބުނާ ގޮތުގައި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހެދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް “މީރުމާ” ގައެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެމްއައިބީ ރީފައިނޭންސިން، ކެޕިޓަލް އެސެޓް ހޯދުން، ރިވޯލްވިން ޓްރޭޑް ފައިނޭންސިން، ވެސެލް ފައިނޭންސިން، ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުން، ޕީއޯއެސް އަދި އިންޓަނެޓް ޕޭމަންޓް ގޭޓްވޭ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މީގެއިތުރުން އެމްއައިބީގެ ތަޖުރިބާކާރުންނާއި ބައްދަލުކޮށް ވިޔަފާރި ފުޅާކުރަން މާލީގޮތުން ހުރި ފުރުސަތުތަކާ ބެހޭގޮތުން ލަފާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް، އެކަމަށް ހާއްސަކޮށްފައިވާ ލިންކަށް ޒިޔާރާތްކޮށް، އެ ވިޔަފާރިއަކަށް ފަސޭހަ ގަޑިއަކަށް ބުކިން ހަދާލެވޭނެއެވެ.

