ގއ. ވިލިނގިލި "ހުސީނާ" ދޯނީގެ ސިޑިން ވެއްޓި އަނިޔާވި ފަޅުވެރިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގއ.ވިލިނގިލީގެ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ހުސީނާ" ދޯނީގެ ފަޅުވެރިއަކު ސިޑިން ވެއްޓި ސީރިޔަސް އަނިޔާތަކެއް ލިބުނުކަމުގެ ރިޕޯޓް ރޭ 22:35 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ދޯނީގެ ސިޑިން ވެއްޓި އަނިޔާ ލިބިފައިވަނީ އެ ދޯނީގައި ހުރި އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ 22:35 އެހާކަންހާއިރުގައެވެ.

