އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި ގަދަކަމުން ބެހެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އާއިލާއިން މީޑީޔާއަށް މައުލޫމާތު ދިން ގޮތުގައި އެއީ ވިލިމާލޭ ކުއްޖެކެވެ. އެކުއްޖާ މާލެ އައިސް އުޅުނީ މާމަ ކައިރިޔަށެވެ. ކުއްޖާގެ ބައްޕަ ސައިކަލުގައި ކުއްޖާ ގެނެސް މާމަގެ ގެޔާ ތަންކޮޅެއް ދުރަށް ބޭލުމަށްފަހު ކުއްޖާ ގެޔަށް ވަންނަންދެން ބަލަހައްޓައިގެން އިންދާ ބިދޭސީމީހަކު ކުއްޖާގެ އަތުގައި ހިފާ ދަމަމުން ގެންދާ ތަން ކުއްޖާގެ ބައްޕައަށް ފެނުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި އެކުއްޖާގެ މާމަ ނުކުމެ ހަޅޭއްލަވައިގަތުމުން އެމީހާ ކުއްޖާގެ އަތުން ދޫކޮށްލިއެވެ.
އެތަނަށް އެއްވި މީހުންގެ ތެރެއިން މީހަކު ފުލުހަށް ގުޅާފަ އެންގުމުން އެސަރަހައްދަށް ގޮސް ފުލުހުންވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އެމީހާ ވަނީ އެކުއްޖާގެ އާއިލާ މީހުންނަށް އިންޒާރުވެސް ދީފައެވެ.
އާއިލާއިން ބުނާގޮތުގައި އެއީ އިންޑިޔާ މީހެކެވެ. އެމީހާ ވަނީ އެމީހާގެ ކުށަށް އިއުތިރާފްވެފައެވެ.

