އަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، އިލެކްޓްރޯނިކްސް އަށް ވަރަށް ބޮޑަށް ބަރޯސާ ވާން ޖެހެއެވެ. އަދި މިފަދަ ތަކެއްޗާއި ނުލައި ދިރިއުޅުމަކީ ވަރަށް އުދަނގޫ ކަމެއްވެސް މެއެވެ. ގާތްގަޑަކަށް ކޮންމެ އިންސާނަކު ސްމާޓްފޯނެއް ގެންގުޅޭ އިރު ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އިންސާނުންނެކޭ އެއްފަދައިން ޓެބްލެޓެއް، ލެޕްޓޮޕެއް، ކޮމްޕިއުޓަރެއް ނުވަތަ ޓީވީއެއް ނުހުންނަ ގެއެއް ނެތެވެ. ކަން މިހެން ހުރިއިރު، މިފަދަ އިލެކްޓޯނިކްސްގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންނަށް ކުރަނީ ކޮން އަސަރެއްތޯ ވިސްނާލުން މުހިންމެވެ.
ޓެކްނޮލޮޖީ އަކީ އޭގައި ވަރަށް ބޮޑެތި ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އިންޓަރނެޓްގެ ޒަރިއްޔާއިން ކޮންމެ ވަގުތެއްގައިވެސް ޢިލްމުގެ މުޅި ދުނިޔެ އެމީހުންގެ އިނގިލިތަކުގެ ކުރީގައި ބެހެއްޓެއެވެ. އެހެންނަމަވެސް، މި ބޮޑެތި ފައިދާތައްވެސް މި ލިބެނީ ޚަރަދުތަކެއް ކޮށްގެންނެވެ. ގިނައަދަދެއްގެ ކުޑަކުދިން، ޓެބްލެޓާއި ވީޑިއޯ ގޭމްތައް ކުޅުމަށް އެކުދިންގެ ގިނަ ވަގުތުތަކެއް ހޭދަކޮށް، ގިނަކުދިން އަންނަނީ ޑިޖިޓަލް ދުނިޔެއެއްގައި ގެނބެމުންނެވެ. ތަޖުރިބާކާރުން އިންޒާރު ކުރާ ގޮތުގައި ކުޑަކުދިން އިލެކްޓްރޯނިކްސް އަށް ބަލަން ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން އެކުދިންގެ ސިއްހަތު، ހެދިބޮޑުވުން، އަދި ދުޅަހެޔޮކަމަށް ހީވެސް ނުކުރާހާ ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ހެލިފެލިވެ ނުއުޅޭ ވަގުތު ގިނަވުން
މިއަދު ކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތަކާ މެދު އެންމެ ކަންބޮޑުވާ އެއް ކަމަކީ އެކުދިންގެ ދުނިޔަވީ އާންމުކޮށް ކުރަންޖެހޭ ކަންތައްތަކަށް އާދަޔާ ޚިލާފަށް ވަގުތު ކުޑަވެފައި ހުރުމެވެ. ނަމަވެސް މިއާއި ޚިލާފަށް ކުރީ ޒަމާނަށް ބަލާއިރު، ޖިސްމާނީ ޙަރަކާތްތަކުން ކުދިން މުނިފޫހިފިލުވައިދީ، ބޭރުތެރޭގައި ދުވެ، ރައްޓެހިންނާއެކު ކުޅެ މަޖާކުރެއެވެ. ނަމަވެސް މިއާއި ޚިލާފަށް ދިރާސާތަކުން ދައްކާގޮތުގައި މިއަދުގެ ކުދިން ނިދުމުގައި ހޭދަކުރާ ގަޑިތައް ނުހިމަނައި، ހޭލާ އުޅޭ ވަގުތުގެ ގާތްގަޑަކަށް 40-60 އިންސައްތަ ދެމެދުގެ ވަގުތު ހޭދަކުރަނީ އެއްވެސް ހެލިފެލިވުމެއް ނެތިއެވެ. މިގޮތުން ޓީވީ ބެލުމާއި ވީޑިއޯ ގޭމް ކުޅުމާއި އިންޓަނެޓްގައި ވަގުތު ހޭދަކުރުމުގައި ވަގުތު ހޭދަކުރުން ފަދަ "ސްކްރީން ޓައިމް" ގެ ދަށަށް އަންނަ ތަފާތު ކަންކަމުގައި ޝާމިލުވެއެވެ. ހެލިފެލިވާންޖެހޭ އެއްވެސް ކަމެއް ނުކޮށް، މާގިނަވަގުތު ހޭދަކުރުމުން އޮބީސިޓީ އިތުރުވުމާއި ކާޑިއޯމެޓަބޮލިކް މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
އުފަލާއި ހިތްހަމަޖެހޭ ކަންކަން ސިކުނޑިން ބަދަލުވުން
އުފަލާއި ހިތްހަމަޖެހޭ ތަފާތު އިޙްސާސްތައް ކުރެވުމުން ސިކުނޑިން "ޑޮޕޭމިން" ކިޔާ ހޯމޯނެއް ބޭރުކުރެއެވެ. އުފަލާއި ހިތްހަމަޖެހުން އާންމު ހާލަތުގައި އަހަރަމެންނަށް އިޙްސާސް ކުރެވެނީ، ލޯބިވާ މީހުންނާއި، ހިތް އެދޭ ކަމެއް ހާސިލް ވުމުންނެވެ. ނަމަވެސް މިއާއި ޚިލާފަށް، އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުން ކުރުމަށް ދެވިހިފައި، ގޭމް ކުޅުމުގައި ގިނަ ވަގުތު ކުދިން ހޭދަކުރާއިރު، ސިކުނޑިން އެ ހޯމޯންތައް ދޫކޮށްލުމުން އުފާވެރިކަމުގެ އިހުސާސްތައް އުފެދެ އެވެ. ނަމަވެސް ޒަމާނާއެކު މިކަމުގެ ސަބަބުން ހަޤީޤަތުގައި އުފަލާއި ހިތްހަމަޖެހުން އިހުސާސްވެ، ދިރިއުޅުމުގައި އުފާ ހޯދަން އުނދަގޫވެގެން ދެއެވެ.
މިކަމުގެ ސަބަބުން އެކުދިންނަށް ދިރިއުޅުމުގައި އުފަލާއި ހިތްހަމަޖެހުން ނެތިގޮސް، އުފަލާއި ހިތްހަމަޖެހޭ ކަންކަން ސިކުނޑިން ބަދަލުވެގެން ދެއެވެ. އަދި ހަޤީ އުފާ އަދި ހިތްހަމަޖެހުން ގެނެސްދޭ ކަންކަން ބަދަލުމުގެ ނަތީޖާއަކަށް ވަނީ އުފަލެއް ނެތި ދިރިއުޅުމަކީ ނެގެޓިވް ކަންތައްތަކަށް މަރުހަބާ ކިޔާ ދިރިއުޅުމަކަށް ބަދަލުވެގެން ދިޔުމެވެ.
ސްޓްރެސް ލެވެލް މަތިވުން
އުފަލާއި ހިތްހަމަޖެހޭ ތަފާތު އިޙްސާސްތައް ސިކުނޑިއަށް ގެނުވައިދޭ "ޑޮޕޭމިން" ހޯމޯންގެ ސަބަބުން، ފައިޓް އޯ ފްލައިޓް ކިޔާ ރެސްޕޮންސެއް ގެނުވައެވެ. މިއީ އަހަރަމެން ނުރައްކާތެރި ހާލަތްތެއް ދިމާވުމުން، އެހާލަތަކުން ސަލާމަތްވުމަށް، އެހާލަތާއި ދެކޮޅަށް ހަށިގަނޑުން އަންނަ އޮޓެމެޓިކް ރެސްޕޮންސެވެ. އިންސާނާ ރައްކާތެރި ނޫން ހާލަތެއް ކުރިމަތިވުމުން، އެހާލަތުން ސަލާމަތްވެ، އެމާހައުލުން ދުރުވުމަށް މިރެސްޕޮންސް ބާރު އަޅައެވެ. މިފަދަ ސްޓޭޓެއްގައި ގިނަވަގުތު ދިރިއުޅެންޖެހުމުން، އަހަރަމެންގެ ސްޓްރެސް ލެވެލް މަތިވެގެން ދެއެވެ. ސްކްރީން ޓައިމް ގެ ސަބަބުން ސިކުނޑީގައި ކޯޓިސޯލް ލެވެލް އިތުރުވެ، މި ރެސްޕޮންސް މެދުނުކެނޑި ކުރިއަށް ދެއެވެ.
އެހެން މީހުންނާއި އޮންނަ ގުޅުން ކުޑަވުން
އަހަރަމެން އިންސާނުން އުފެދިފައިވާގޮތުން، އެހެންމީހުންގެ އެހީތެރިކަމާއި ގުޅުން ކޮންމެ އިންސާނަކަށް އާންމު ދިރިއުޅުމުގައި ބޭނުންވެއެވެ. ކުޑަކުދިން ޚާއްސަކޮށް އެއް އުމުރެއްގެ ކުދިން ކުޅެން އުޅުމުގެ ތެރޭގައި، އެއްކުއްޖަކު އަނެއްކުއްޖެއްގެ ގުޅުން ބަދަހިވެއެވެ. މިއީ ދިރިއުޅުމަށް ވަރަށް ބޭނުންތެރި ކަމެއްވެސް މެއެވެ. ނަމަވެސް، އިލެކްޓްރޯނިކްސްއަށް ދެވިހިފާފައިވާ ކުދިން، ހަމައެކަނި، ގުޅުމެއް އުފެދެނީ ސްކްރީނާއި އެވެ. މީގެ ސަބަބުން އިންސާނުންނާއި ކުރާ މުޢާމަލާތް މަދުވެއެވެ. ތަފާތު ގޭމްތައް ކުޅުމަށާއި، ބްރައުސިންގ ގައި، މުޢާމަލާތް އައި ނަމަވެސް، މިއީ އިންސާނުން އެކަކު އަނަކަކާއި ކުރާ މުޢާމަލާތާއި މުޅިން ތަފާތު މުޢާމަލާތެކެވެ. ސްކްރީނަށް ކުދިން ދެވިހިފުމުން އެހެން މީހުންނާއި އޮންނަ ގުޅުން ކުޑަވެ، އެކަނިވެރިއަކަށް ކުއްޖާ ބަދަލުވެގެން ދެއެވެ.
ނިދުމާއި ހަށިގަނޑުގެ ޤުދުރަތީ ބޮޑީ ކްލޮކަށް ބަދަލުއައުން
ކޮންމެ ދިރޭ އެއްޗަކީ ވެސް ޤުދުރަތީ ބޮޑީ ކްލޮކް އެކެވެ. މުޅި ދުވަހު އަނދިރިކަމާއި އަލިބަދަލުވުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް އުފެދެއެވެ. މިއީ އަޅުގަނޑުމެންގެ ސްލީޕް ޝެޑިއުލް ކަނޑައަޅައި، ރޭގަނޑުގެ ނިދި ރަނގަޅު ކުރުމަށް ފުރުސަތު ދޭ ކަމެކެވެ. އަލިކަމާއި އަނދިރިކަމުގެ ސަބަބުން ކޮންމެ ވެސް ނިދުމެއް ނުވަތަ ނިދި އަންނަކަމުގެ އިޝާރާތެއް ސިކުނޑިއަށް ހޯމޯނަލް ބަދަލުތަކެއް އާދެއެވެ. ނިދުމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ހެދިބޮޑުވުމަށް ވެސް އަސަރުކުރާ ކަމަކަށް ވާތީ މިއީ ކުޑަ ކުދިންނަށް ވަރަށް މުހިންމު ކަމެކެވެ. އިލެކްޓްރޯނިކް ޑިވައިސްއެއްގެ ސްކްރީނަށް ބަލަން ގިނަ ވަގުތު ހޭދަކުރުމުން، ހާއްސަކޮށް ރޭގަނޑުގެ ނިދި ނަގާލައި، މި ޕްރޮސެސް ކުރިޔަށް ގެންދިޔުމުން، ހޯމޯންތަކަސް ބޮޑެތި ބަދަލު އާދެއެވެ. ނަތީޖާއަކަށް ވެގެންދަނީ ނިދި ނައުން ނުވަތަ ފުން، އަރާމު ނިދި އެއްގޮތަކަށްވެސް ނުލިބުމެވެ.
ކަންކަމަށް ސަމާލުކަން ދެވޭ ވަގުތު ކުޑަވުން
ކުރިމަތިވާ ޙާލަތަކަށް ފޯކަސް ނުކުރެވޭ ނަމަ، ކުއްޖާގެ ކިބައިގައި މަދަރުސާގައި ނުވަތަ ޖުމްލަގޮތެއްގައި ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ވަރަށް ބޮޑު ހުރަހެއް އެޅިދާނެއެވެ. މި ސަބަބަށްޓަކައި، މައިންބަފައިންގެ ޙައިޘިއްޔަތުން، އެކުދިންގެ ފުރްޞަތުތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ. އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުން ލިމިޓްކުރުމަށް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) އާއި ކެނޭޑިއަން ޕީޑިއެޓްރިކް ސޮސައިޓީން ލަފާދީފައިވަނީ، ފަހުގެ ދިރާސާތަކުން ޑޭޓާ އާންމުވުމާ ގުޅިގެންނެވެ. ދުވާލެއްގެ މައްޗަށް 2 ގަޑިއިރަށްވުރެ ގިނަ އިރު ސްކްރީން ޓައިމް ދިނުމަށް ލަފާދީފައިވެއެވެ. އަދި މިންވަރަށްވުރެ އިތުރަށް ސްކްރީން ޓައިމް ހޭދަކުރާ ކުދިންނަށް، ސްކޫލްގެ ފިލާވަޅުތަކަށް ސަމާލުކަން ދެވޭ މިންވަރު ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ސްކްރީނަށް ދެވިހިފުން
އިލެކްޓްރޯނިކްސްއަށް ބަރޯސާވުމަކީ މަސްތުވާތަކެތީގެ ވަބާއެއް ކަމަށް ބެލެވިދާނެތޯ ނުވަތަ ނޫންތޯ މެންޓަލް ހެލްތާއި ގުޅޭ މާހިރުންގެ މެދުގައި ބަހުސް ކުރެވެއެވެ. މިއީ ފަހަކަށް އައިސް ވަރަށް ބޮޑު ބަހުސެއް އުފެދިފައިވާ މައުޟޫއެކެވެ. އިލެކްޓްރޯނިކްސްއަށް ދޭ ޖަވާބަކީވެސް އެއަށް ދެވިހިފައި، ސިކުނޑީގެ ސެންޓަރ ރެސްޕޮންސް ޓްރިގަރ ކުރާ ކަމެކެވެ. މި އަރާމު ރެސްޕޮންސް ހޯދުމަށް ތަކުރާރުކޮށް، ކުދިން ބޭނުންވަނީ، ޑިވައިސްތަކާއެކު ގިނަ ވަގުތު ހޭދަކުރާށެވެ. އޭގެ ބަދަލުގައި މިއީ އެޑިކްޝަނަކަށް ވެ، އެކުދިންގެ ހުރިހާ ވަގުތެއް ސްކްރީނަށް ބަލަން ހޭދަކުރަން ބޭނުންވަނީ ކޮންމެވެސް ގޮތަކުން އެ ކުދިންނަށް އުފާވެރިކަން ގެނެސްދޭނެ ކަމުގެ އުއްމީދުގަ އެވެ.
ޑިޕްރެޝަން ކުރިމަތިވުމުގެ ރިސްކު އިތުރުވުމް
ގިނަ ބެލެނިވެރިން އެމީހުންގެ ދަރިފުޅަށް އިލެކްޓްރޯނިކްސް ބޭނުން ކުރުން ލިމިޓް ކުރަން ފަސްޖެހޭ އެއް ސަބަބަކީ އެ ނިންމުމުގެ ސަބަބުން މާޔޫސްވެ ނުވަތަ ހިތްނުތަނަވަސްވާ ކަމުގެ އިހުސާސް ކުރެވުމުން ދުރުހެލިވުމެވެ. ނަމަވެސް ނިދުމުގެ ކުރިން ނުވަތަ ނިދުމުގެ ތެރޭގައި މި ސްކްރީންތަކުން އުފައްދާ އަލިތަކަށް އިންސާނުންގެ ލޯތައް ހުށަހެޅޭއިރު، އޭގެ ސަބަބުން ހޯމޯންތަކަށް ބޮޑެތި ބަދަލު އަންނަ ކަން ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މި ބަދަލުގެ ސަބަބުން ކުއްޖާއަށް ތަފާތު އަސަރުތަކެއް ކުރާ އިރު، މިއީ ޝައްކެއް ވެސް ނެތް ގޮތުގައި ކަންބޮޑުވާ މިންވަރަށް، އެންޒައިޓީ އަދި ޑިޕްރެޝަންގެ ނުރައްކާ އިތުރުވެ، އަމިއްލަޔަށް މަރުވުން ފަދަ ވިސްނުން ގެނުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

