އދ.މަހިބަދޫގައި އެމްޑީޕީ އިސް ސަފުގައި މަސައްކަތް ކުރާ އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއިކޮށްފިއެވެ.
“އިންޑިޔާ އައުޓް” ކެމްޕެއިންގެ ދަށުން ރައީސް ޔާމީން އދ.މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނާއި ބައްދަލު ކުރައްވާފައެވެ. އަދި އެރަށުގެ ގިނަ ބަޔަކު ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ އިސް އެކްޓިވިސްޓް އަލީ އާދަމް މިވަނީ އެމްޑީޕީ ދޫކޮށް ޕީޕީއެމާއި ގުޅިފައެވެ.
“މަވެސް ޕީޕީއެމް” މިނަމުގައި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް އަތޮޅު ތެރޭގައިވެސް ހިންގަމުން އަންނައިރު، އެޕާޓީއަށް ސޮއި ކުރި ގިނަ ބަޔަކު، އެހެން ޕާޓީތަކުގައި ދަފްތަރުގައި ހިމަނާ މައްސަލައިގައި ދާދި ފަހުން، ޕާޓީގެ އިސް ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކާ ބައްދަލުވެސް ކުރައްވައިފައެވެ.
އެމްޑީޕީ އެތެރޭގެ އިންތިޚާބާއި ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި ޕާޓީ ވަނީ ބައިބައިވެފައެވެ. އެހެންކަމުން އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ޕާޓީއަށް އޮތް ތާއީދު މަޑުމަޑުން ދަނީ ނެތެމުންނެވެ.

