ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އަށް ގާނޫނު އެނގިވަޑައިނުގަތުމަކީ ހައިރާންވާ ކަމެއް ކަމަށް އަލްހާން ފަހުމީ ބުނެފިއެވެ.
އަލްހާން ކުރެއްވި ޓުވީޓެއްގައި ބުނީ، ޖަމީލް އަށް ގާނޫނު އެނގިވަޑައި ނުގަތުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ އާއި، ފޮރެކްސް ޓްރޭޑް ކުރުމަކީ ރާއްޖޭގައި މަނާކަމެއްތޯ ބުނެ ވަނީ ސުވާލު އުފައްދާފައެވެ.
ޖިނާއީ ތަޙުޤީޤެއް ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ؟ ފޮރެކްސް ޓްރޭޑް ކުރުމަކީ ރާއްޖޭގައި މަނާ ކަމެއްތޯ؟ މީހެއްގެ ފައިސާ އެމީހަކު ބޭނުން މީހަކާ ހަވާލުކުރުމަކީ ކުށެއްތޯ؟ – އަލްހާން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
އަލްހާން މިގޮތަށް ބުނެފައިވަނީ، މިހާރު ނޫހުގައި ޖަހާފައި އޮތް ހަަބަރެއް ޓްވިޓާގައި ހިއްސާކުރުމަށްފަހު ޖަމީލް ބުނެފައިވަ ބަސްތަކަކާއި ގުޅިގެންނެވެ. އެޓުވީޓުގައި ޖަމީލު ބުނެފައިވަނީ، ވަކި މީހެއް އިސްތިސްނާ ނުކޮށް ގާނޫނު ހިންގަން ޖެހޭ ކަމަށާއި، ބޮޑު ފްރޯޑް ސްކީމާއި ދެކޮޅަށް އެމްއެމްއޭއިން ފިޔަވަޅު އެޅިއިރު، އެންމެ މުހިންމީ އާންމުން ސަލާމަތް ކުރުމަށް ކުށްކުރި ބަޔަކު ހާމަ ނުކުރުން ކަމަށެވެ.
ބޮޑު ފްރޯޑް ސްކީމާ ދެކޮޅަށް އެމްއެމްއޭއިން ފިޔަވަޅު އެޅިއިރު އެންމެ މުހިންމީ އާންމުން ސަލާމަތްކުރަން ކުށްކުރި ބައެއް ހާމަކުރުން. ފުލުހުންވެސް މިކަމުގެ ޖިނާޢީ ތަޙްޤީޤް ކުރާކަން ހާމަކުރަންޖެހޭ. ފިޔަވަޅު އަޅަން ގޮންޖެހުން ހުރީބާ؟ – ޖަމީލްގެ ޓުވީޓުގައި ބުނެފައިވެއެވެ.
އަލްހާންގެ ކުންފުންޏަކީ ބޮޑު ފްރޯޑެއް ކަމަށް ބުނެ އެކުންފުނީގެ ބެންކު އެކައުންޓު ވަނީ ފްރީޒްކޮށްފައެވެ. އެހެން ނަމަވެސް ފޮރެކްސްއާއި އެނޫނަށް އޮންލައިން އިންވެސްޓް ކުރާ ޕްލެޓްފޯމްތައް މަނާކުރާ ގާނޫނެއް ރާއްޖޭގައި ނެތެވެ.

