ސައުދީ އަރަބިއްޔާގައި އެއްދުވަހެއްގެ ތެރޭގައި 81 މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަމްފީޒުކޮށްފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެޤައުމުގައި މަރުގެ ޙުކުމް މިހާ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ކުރި ފުރަތަމަ ފަހަރެވެ. މަރުގެ ޙުކުމް ތަންފީޒުކޮށްފައިވާ މީހުން މަރަން އެޤަޢުމުގެ ކޯޓަކުން ޙުކުމް ތަންފީޒުކޮށްފައިވަނީ މީހުން މެރުމާއި، ރޭޕްކުރުމުގެ އެކި ބޮޑެތި މައްސަލަތަކުގައި ކަމަށް ސަޢުދީ ޕްރެސް އޭޖެންސީން ވަނީ ހާމަކޮށްފައެވެ. މި 81 މީހުންގެ ތެރޭގައި ޔަމަނުގެ 7 މީހަކާއި ސީރިޔާ މީހަކު ހިމެނޭ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ހާމަވެއެވެ.
ސައުދި އަރަބިއްޔާގައި އެއްދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހަކު މަރަން ޙުކުމްކޮށްފައިވާއިރު، މިދިޔަ 2021 ވަނަ އަހަރު އެޤަޢުމުގައި މަރުގެ އަދަބު ވަނީ 67 މީހެއްގެ މައްޗަށް ކޮށްފައެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި އެޤަޢުމުގައި 27 މީހަކަށް ވަނީ މަރުގެ ޙުކުމް ތަންފީޒުކޮށްފައެވެ.
ސައުދީ އިންޓީރިއަރ މިނިސްޓްރީއާ ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ހުރިހާ އެންމެންނަކީވެސް އެއްވެސް ކުށެއްނެތް އެތައްބަޔަކު މަރާލާފައިވާ މީހުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދިންވެސް ހިމެނޭ ކަމަށް އެ އޭޖެންސީން ހާމަކޮށްފައިވެއެވެ.
“މި ހުރިހާ އެންމެންނަކީވެސް ކުށެއް ނެތް އެތައް ބަޔަކު މަރާފައިވާ މީހުން. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ،” Sސައުދީ އިންޓީރިއަރ މިނިސްޓްރީއާ ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

