ފުލުހެއްގެ ގައިގައި ގާބުރިއަކުން ޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނާގޮތުގައި ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވެ ފުލުހެއްގެ ގައިގައި ގާބުރިއަކުން ޖެހުމުގެ ސަބަބުން އެ ފުލުސްމީހާއަށް އަނިޔާ ލިބިފައިވާކަމުގެ ހެކި ފެންނަން ހުރި ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެގެން ހުރި ކަމަށާއި މިމައްސަލައިގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ ގޮތުން އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

