ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.115 ކިލޯގެ މަސްތުވާތަކެތި މިމަހުގެ 9 ވަނަ ދުވަހު އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގެންފައިވަނީ، ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލުތައް ބަަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން ފާސްކުރި ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA-Ecstacy) އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.115 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
މީގެ އިތުރުން ކުރިއަރ ޑެލިވަރީ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިމަހުގެ ފުރަތަމަ ދުވަހުވެސް ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ.

