ކަނޑުމަތީގައި ރޭ ފުލުހުން ހިންގި އިޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ހައްޔަރުކޮސްފިއެވެ.
ފުލުހުން މިއަދު ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ ޑްރަގް އެންފޯސްމަންޓާއި، އިންޓެލިޖެންސް ގުޅުގެން ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ ރޭ ހައްޔަރުކުރި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިމައްސަލައާއި ގުލޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެފަދަ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު މިހާރު މުޖުތަމައުއަށް ދޫވެފައި ހުރި ސަބަބެއްވެސް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

