ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ ބިސް އަޅައިފިއެވެ.
ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖް ސަރަޙައްދަށް އެވެލާ އަރާފައިވާއިރު، މީގެ ކުރިންވެސް މި ސަރަޙައްދަށް ވެލާ ވަނީ އަރައިފައެވެ. އެހެން ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު އެވެލާ ވަނީ މޫދަށް ބާލައިފައެވެ.
ސޯޝަލް މީޑިއާގައި އެވެލާ ބިސްއަޅާފައިވާ ފޮޓޯތައް ފެންނައިރު، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވެސް ވަނީ ޓުވިޓާގައި ވެލާ ބިސް އެޅި ފޮޓޯތައް ހިއްސާ ކުރައްވައިފައެވެ. އެޓުވީޓު ޙިއްސާކޮށްފައިވާއިރު، އޭގައި ގިނަ ޢަދަދެއްގެ ބިސް ފެނެއެވެ.
މާލެއަށް އެރި ވެލާ ބިސް އަޅާފައިވާއިރުމ ވެލާ އެޅީ ކިތައް ބިސް ކަމެއް އަދި ސާފެއް ނޫނެވެ. ވެލާ ބިސްތައް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބެލުމުގެ ދަށުން ހެޗަރީއަކަށް ގެންގޮސް ބިސް ފީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

