މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މާރިޗު 17 ވަނަ ދުވަހު، ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އެޖަލްސާއަށް ބަންދުކުރަން ހަމަޖެހިފައިވަނީ
- ބޮޑުތަކުރުފާނުމަގު އިއްޒުއްދީންމަގާ ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އާމިނާރަނި ހިނގުމާ ހަމައަށް.
- ހިލާލީމަގު އާޒާދީ ހިނގުން ގުޅުނު ހިސާބުން ފެށިގެން ހިލާލީމަގު ބޮޑުތަކުރުފާނުމަގާ ހަމައަށް.
- މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނުމަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ހަމައަށް.
- ކުރެދިގޯޅި.
- ވައިދެރި ހިނގުން ހުދުފަޅު ހިނގުން ގުޅުނު ހިސާބުން ފެށިގެން ވައިދެރި ހިނގުން ބޮޑުތަކުރުފާނުމަގާ ހަމައަށް.
- ހުދުފަޅު ގޯޅި ބޮޑުތަކުރުފާނުމަގާ ގުޅުނު ކަންމަތި
ފުލުހުން ބުނީ މި ސަރަހައްދުތައް، މިއަދު 18:00 އިން ޖަލްސާ ނިމެންދެން އާންމު ދަތުރު ފަތުރަށާއި ފައިމަގުގައި އުޅުއްވާ ފަރާތްތަކަށް ބަންދުކުރެވޭނެ ކަމަށެވެ.
ޕާކިންގއަށް ހުސްކުރުމަށް ހަަމަޖެހިފައިވާ މަގުތައް:
- ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކުރިމަތި ޕާކިންޒޯން
- މާފަތްކިލެގެފާނު ހިނގުން ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާ ދެމެދު ޕާކިންޒޯން
- ކުރެދިގޯޅި ޕާކިންޒޯން
މި ސަރަހައްދުތައް މިރޭ އޮންނަ ޖަލްސާ އަށާއި މާދަމާ ރޭ (18 މާރިޗު) އޮންނަ މިއުޒިކް ޝޯވ އަށް 19:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ޕާކިންއަށް ބަންދުކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިބަދަލުތަކަށް ދުރާލައި ތައްޔާރުވެ، ބަންދުކުރެވިފައިވާ މަގުތައް ނޫން އެހެން މަގުތައް އިހުތިޔާރުކުރައްވައިގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދެވުމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ދިވެހި ފުލުހުންނަށް ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

