އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ގއ.ކޮނޑޭގައި އަލަށް އިމާރާތްކުރާ ޒަމާނީ ފެންވަރުގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިސްކިތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާލުވި ގޮތުގައި މިމިސްކިތަކީ އެހެން މިސްކިތްތަކާއި ޚިލާފަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއްކަމަށެވެ. އެގޮތުން ޢާއްމުގޮތެއްގައި ރާއްޖޭގެ މިސްކިތްތައް ފަރުމާކުރުމުގައި މިސްކިތުގެ އެތެރޭގައި ހުންނަ ތަނބުތައް މިމިސްކިތުގެ ފަރުމާގައި ނުހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފައިވާ މިމިސްކިތުގެ އަމަލީ މަސައްކަތް ފެއްޓުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސް ބބޭފުޅުން ވަނީ ކޮނޑޭއަށް ޒިޔާރަތް ކޮށްފައެވެ. މިމިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ 7.6 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

