ރައްޔިތުންގެ ސިއްޚަތަށް އުދަގޫވާ ކަހަލަ މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ ރަޝިޔާ ސަރުކާރުން ޔޫޓީބަށް އިންޒާރުދީފިއެވެ.
ރަޝިޔާ ސަރުކާރުން ގޫގުލްއަށް ފޮނުވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ނެޓްވޯކް ޔޫޓިބުން ރަޝިއާ ރައްޔިތުންނާއި ދެކޮޅަށް އިންޒާރު ދޭ ވީޑިއޯތައް އާންމު ކުރަމުންދާ ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ.
ޔޫޓިބް ޗެނަލުން ދައްކާފައިވާ ވީޑިޔޯއެއްގައި ބުނެފައިވަނީ ރަޝިއާގެ ހަބަރު ފަތުރާ ވަސީލަތްތަކާއި ބެލަރުސްގެ ރެއިލްވޭ ސްޓޭޝަންތައް ވަގުތީގޮތުން ބަންދު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ރަޝިއާ އާއި ދެކޮޅު މައުލޫމާތު ފަތުރާކަމަށް ބުނެ ޔޫޓިއުބަށް ރަޝިޔާ ސަރުކާރުން މިވަނީ އިންޒާރު ދީފައެވެ.
މިއީ ރަޝިޔާ ސަރުކާރާއި ދެކޮޅަށް އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ކުރަމުންދާ ކެމްޕެއިންގެ ދަށުން އާންމު ކުރި ވީޑިއޯއެއް ކަމަށް ރަޝިޔާއިން ބުނެއެވެ. އަދި އެފަދަ ވީޑިޔޯތައް އަޕްލޯޑްކުރާ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ އަމަލަކީ ދިރިއުޅުޅުމާއި ސިއްހަތަށް ދެވޭ އިންޒާރެއް ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މިފަދަ ކޮންޓެންޓުތައް ހުންނަވީޑިޔޯތައް ޔޫޓިއުބުން ނެގުމަށް ރަޝިޔާ ސަރުކާރުން އިންޒާރުދީފައިވެއެވެ. މި މައްސަލައިގަ ރަޝިއާގައި ހުންނަ ގޫގުލްގެ އޮފިޝަލް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
ސޯޝަލް މީޑިޔާތަކުން ރަޝިޔާ އާއި ޔުކްރެއިންގެ ޚަބަރުތައް ގެނެސްދޭތީ ރަޝިޔާއިން ވަނީ ގިނަ މީޑީޔާތައް އެޤައުމުގައި ބަންދުކޮށްފައެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކުތައް ކަމަށްވާ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމް ރަޝިއާގައި ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.

