132 ސިނންޖަރުންނާއި އެކު ދަތުރުކުރަމުން ދިޔަ ފްލައިޓެއް ވެއްޓިއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ޗައިނާ އީސްޓާރން އެއަރލައިންގެ ފްލައިޓެއް 132 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދަނިކޮށް ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެހެންނަމަވެސް ލިބުނު ގެއްލުމެއް ހާމަކޮށްފައިނުވެއެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެފްލައިޓް ދަތުރުކުރަމުން ދިޔައީ ޗައިނާގެ ކުންމިން ސިޓީން ގުއަންޒޯ ސިޓީއަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:11 އެހާކަންހާއިރުގައެވެ. ފްލައިޓާއި ބެހޭ މައުލޫމާތު އެންމެ ފަހުން ލިބިފައިވަނީ ވޫޒޯ ސިޓީއާއި ހިސާބުން ކަމަށް ސިވިލް އޭވިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެވަގުތު ފްލައިޓުގައި 9 ކުރޫއިން ހަރަކާތްތެރިވަމުން ދިޔަކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ބޮއިން 737 މަރުކާގެ މި ފްލައިޓް ވެއްޓުމާއެކު އިމަރޖެންސީ ޓީމުވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

