އެމެރިކާގެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރު މެޑެލީން އޯލްބްރައިޓް ނިޔާވެއްޖެއެވެ.
އެކަމަނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އުމުރުފުޅުން 84 އަހަރުގައެވެ. 1996 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު ވަންދެން މެޑެލީން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރައްވާފައެވެ.
މެޑެލީން އަކީ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި ސެންޓްރަލް ޝަހުސިއްޔަތެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި، ނޭޓޯގެ ޤައުމުތައް އިތުރަށް ފުޅާކުރެއްވުމަށާއި، ނަސްލު ނައްތައިލުން ހުއްޓުވުމަށާއި، ނިއުކްލިއަރ ހަތިޔާރު ފެތުރުން މަދުކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ ސެނެޓުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިރު، 1990 ގެ އަހަރުތަކުގައި އެކަމަނާއާއެކު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ރައީސް ޖޯ ބައިޑަން ވަނީ އޯލްބްރައިޓްއަށް ތައުރީފު ކުރައްވާފައެވެ.
“މެޑެލީންއާ މެދު ވިސްނާލާއިރު، އެމެރިކާއަކީ ކޮންމެހެން ބޭނުންތެރި ގައުމެއް. އެކަމަނާގެ ހިތްވަރުގަދަކަން އަބަދުވެސް ހަނދާން ހުންނާނެ،” ވައިޓް ހައުސްއާއި ހުރިހާ ފެޑެރަލް އިމާރާތްތަކެއްގައި ދިދަތައް ތިރިކުރުމަށް އަމުރު ކުރައްވައި، އޯލްބްރައިޓްގެ ޝަރަފުގައި ދިދަ ތިރިކުރުމަށް އަމުރު ކުރައްވަމުން ބައިޑަން ވިދާޅުވި އެވެ.

