ހދ.ކުޅުދުއްފުށީ ފުލުހުން ތަހުޤީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި 3 މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުޤީގުކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުންކަމަށެވެ.
ފުލުހުން ވަނީ އެތިންމީހުންގެ ވީޑިޔޯއެއް އާންމުކޮށްފައެވެ.
https://youtu.be/zfAjALk9Im0
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ހޮޓްލައިން ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަނގަކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

