ގދ.ތިނަދޫ ބަނދަރުގެ 3 ސަރަހައްދަކުން ކަރަންޓާއި ފެން ލިބޭނެ ގޮތް ހަދައި ދިނުމަށް ފެނަކައިން އެއްބަސް ވެއްޖެ ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު ވިދާޅުވީ ކައުންސިލުން އެދޭ ގޮތަށް ތިނަދޫ ބަނދަރުގެ 3 ސަރަހައްދުގައި ކަނޑުދުއްވާ އުޅަނދުފަހަރު ތަކަށް ފެނާއި ކަރަންޓް ފަސޭހަ އިން ލިބޭނެ ގޮތަކަށް ޤާއިމު ކޮށްދިނުމަށް ސަރުކާރުގެ ކުންފުނި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ގެ އަރިހުގައި ދެންނެވުމަށް އެކަން ވަރަށް އަވަހަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައިވާކަމަށެވެ.
ރައީސް ސަޢުދު ވިދާޅުވީ ކަރަންޓާއި ސަޕްލައި ފެނުގެ ޚިދުމަތް ގައިމު ކުރުމަށް ވިސްނާފައި ހުރި ސަރަހައްދުތަކަކީ މުދާބާލާ ޖެޓީ އާއި މަސްދޯނި ފަހަރަށް ޚާއްޞަ ސަރަޙައްދު ގެ އިތުރުން އުޅަނދު މަރާމާތް ކުރުމަށް ޚާއްސަ ސަރަހައްދު ކަމަށެވެ.
ތިނަދޫ އައިސް ޕްލާންޓް އިން ދިމާލުން މިހާރު ވެސް ފެން ލިބޭނެ ގޮތް ވަނީ ގާއިމް ކޮށްފައެވެ. ނަމަވެސް އުޅަނދު ފަހަރާއި ބަނދަރު ސަރަހައްދުގެ ބޭނުންތަކަށް ކަރަންޓު ނަގަނީ އެންމެ ކައިރީގައި ހުންނަ ފެނަކައިގެ ބޯޑަކުން ސަޕްލާއެއް އަޅައިގެންނެވެ

