އެގާރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެގާރަ އަހަރުގެ ދޮންދަރިޔަކަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕައެއް ހައްޔަރުކުރެވުނު ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުޅޭ މީހެއް ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހުކުރު ދުވަހު މިމައްސަލަ ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ. އެހެންކަމުން މިމައްސަލައިގައި އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކުރެވިފައެވެ.
ޖެންޑަރ މިނިސްޓްރީ އާއި ގުޅިގެން ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޢަމަލުތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ޒީރޯ ޓޮލަރެންސް ދީގެން ބަލާނެ މައްސަލަތަކެއް ކަމުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމާބެހޭ ކޮމިޓީން ވަނީ ބަޔާންކޮށްފައެވެ.

