ދެކުނުގެ އަތޮޅެއްގައި ސްކޫލެއްގެ މުވައްޒަފަކު އެ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅި މައްސަލައެއް ތަހްގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައުުތު ރީޖަން (ގއ. ގދ. އާއި، ފުއައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހަށް ހުށައެޅި ފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ ފުލުުހުންނާއި ޖެންޑާ އާއި ގުޅިގެން އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަންހެނެއް ނަމަވެސް، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފައެވެ. އަދި އެމައްސަލައިގައި ކުއްޖާގެ ކާފަ ހައްޔަރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

