އިންތިޚާބުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި "މުޑުދާރު" ކަންތައްތައް މިހާރު އެމްޑީޕީންވެސް ކުރަމުން ގެންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.
ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އިންތިޚާބުތަކުގައި ކުރެއްވި "މުޑުދާރު" ކަންތައް މިއަދު އެމްޑީޕީ ތެރެޔަށް ވަދެއްޖެ ކަމަށާއި ދައުލަތުގެ މުވައްސަސާތައް ސިޔާސީ ހަރަކާތްތަކަށް ބޭނުންކޮށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުންދާ ކަމަށެވެ. އެހެންކަމުން މިކަންތައް ހުއްޓުވައިދެއްވުމަށް ހަސަން ވަނީ އިންތިޚާބުތަކާއި ބެހޭ ކޮމިޓީގެ ރައީސް އަނަސް ޢަބްދުއްޞައްތާރަށް ގޮވާލާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގައި ފެނަކަ މުވައްޒަފުންނަށް ނުފޫޒު ފޯރުވާ ވަކި މީހަކަށް ވޯޓު ދިނުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުވާކަމުގެ ތުހުމަތްތައް ވަނީ ކުރެވިފައެވެ.
މިމަހު 5 ވަނަ ދުވަހު ނިލަންދޫ ފެނަކަ އޮފީހުގައި މިނިސްޓަރ ފައްޔާޒުގެ ކެމްޕެއިން ބައްދަލުވުމެއް ބޭއްވި މައްސަލަ އިންތިގެ ކެމްޕެއިން ޓީމުން ވަނީ އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ. މިބައްދަލުވުމުގެ ފޮޓޯތައް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

