މިއަހަރުގެ ރަމަޝާންމަހުގައި ބައެއް ޤައުމުތަކުގައި ގިނަ ވަގުތު ރޯދައަށް ތިބެން ޖެހޭ ކަމަށް މީޑިޔާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
އިސްލާމީ ކަލަންޑަރުން ދައްކާ ގޮތުގައި އޭޕްރީލް 3 ވާ އާދީއްތަ ދުވަހަކީ ރަމަޝާންމަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް މާދަމާ ރޭ ހަނދު ސާބިތު ކުރުން އޮންނާނެއެވެ. ހަނދު ފެނިއްޖެނަމަ އަންނަ ހޮނިހިރު ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަ ހިފާ ވަގުތުތައް އާންމުކުރަމުންދާއިރު ބައެއް ޤައުމުތަކުގައި ގިނަ ވަގުތު ރޯދައަށް ތިބެން ޖެހޭކަން މިވަނީ ރިޕޯޓްތަކުން ހާމަކޮށްފައެވެ. އެގޮތުން ބަލާއިރު މިހާރު ވަނީ އެންމެ ގިނަ ވަގުތު ރޯދަ ހިފަންޖެހޭ ގައުމުތަކުގެ ލިސްޓު މިހާޜު ވަނީ އާންމުކޮށްފައެވެ.
ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން މިއަހަރު ދުނިޔޭގެ އެހެން ހިސާބުތަކާ އަޅައިބަލާއިރު، ޔޫރަޕު ހިސާބުގެ ގައުމުގައި މުސްލިމުން ރޯދައަށް ތިބެން ޖެހޭ ވަގުތު ގިނައެވެ. އެގޮތުން:
- ރީންލޭންޑާއި އައިސްލޭންޑު އަދި ފިންލޭންޑުގައި 20 ގަޑިއިރު
- ޖަރުމަނުވިލާތާއި ސްވެޑްންގައި 19 ގަޑިއިރު
- ޑެންމާކު، ޕޮލެންޑު، އިނގިރޭސިވިލާތް އަދި ކަޒަކިސްތާނުގައި 18 ގަޑިއިރާ ބައި ވަންދެން
- ބެލްޖިއަމް އާއި ސްވިޓްޒަލޭންޑުގައި 18 ގަޑިއިރު
- އިޓަލީ، ފްރާންސް އަދި ރަޝިއާގައި 17 ގަޑިއިރު
- ޗައިނާގައި 16 ގަޑިއިރާއި ބައި
- އެމެރިކާގައި ރޯދަ ހިފަން ޖެހެނީ 16 ގަޑިއިރު
- ޕާކިސްތާނުގައިވެސް 16 ގަޑިއިރު
- އަވައްޓެރި އިންޑިއާގައި 15 ގަޑިއިރު ރޯދަ ހިފަން ޖެހެއެވެ.
ރީންލޭންޑާއި އައިސްލޭންޑު އަދި ފިންލޭންޑަށް ރޯދަ މަހު މަޣްރިބު ނަމާދު ވަގުތު ވާނީ އެ ގައުމުތަކުގެ ގަޑިން ރޭގަނޑު 9:44 ގައެވެ.
ރޯދަ ހިފަން ޖެހޭ ވަގުތަށް ބަލާއިރު އުތުރު އަދި ދެކުނު ތަނޑީގައި ވާ ގައުމުތަކަށް ރަމަޟާން މަސް އަންނަ ދުވަސްވަރެއްގެ ގޮތުން ރޯދަ ހިފަން ޖެހޭ ވަގުތު ދިގު ވެފައި ކުރުވެއެވެ. އެހެންނަމަވެސް ދުނިޔޭގެ މެދަށް ވާ ގޮތަށް ތިބޭ ޤައުމުތަކުގައި ރޯދައަށް ތިބޭ ވަގުތުތަކަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ މެދަށް ވާގޮތަށް އޮންނަ ޤައުމަކަށް ވުމުން ރާއްޖޭގައި އިރުއޮއްސޭ ވަގުތަށް މާބޮޑު ބަދަލެއް އައިސްފައިނުވެއެވެ.

