އުރީދޫ ރަމަޝާން މިފަހަރު ފާހަނގަ ކުރަމުން މިދަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްރޮމޯޝަންތަކެއް ތައާރަފް ކުރަމުންނެވެ.
މިރަމަޝާންމަހު ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބޭ “ގުޑް މޯރނިންގެ މޯލްޑިވްސް” ޕްރޮމޯޝަނެއް އުރީދޫއިން ވަނީ ފަށާފައެވެ.
އުރީދޫން ހާމަކުރިގޮތުގައި މިރޯދަމަހު ކޮންމެ ދުވަހަކު ފަތިހު ފަތިހާ މެސެއް ކޮށްލައްވައިގެން މުޅި ދުވަހު އެއްކޮށް ހިލޭ ޑާޓާ ބޭނުން ކުރުުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފަތިހު 4 އާއި ހެދުނު 8 އާއި ދެމެދު “BONUS” ޖައްސަވާފަ 5252 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާ ޑޭޓާ އިރުއޮއްސި 6 ޖަހަންދެން ބޭނުންކޮށްލެވޭނެއެވެ.
މީގެ އިތުރުން އުރީދޫއިން ރޯދަމަހަށް ހާއްސަކޮށް އިތުރު ޕްރޮމޯޝަންތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އޭގެތެރޭގައި:
- އުރީދޫ ރަމަޝާން ލަކީ ޑްރޯ އާއެކު އުމްރާ ދަތުރެއް ލިބިގެން ދިޔުން
- ސުޕަރނެޓް ކަސްޓަމަރުންނަށް 300 ޖީބީ ޑޭޓާ ބޯނަސް ލިބިގެން ދިޔުން
- ސައުދީގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް ހާއްސަ ސައުދީ އައިޑީ ޕެކްއެއް ލިބިގެން ދިޔުން،
- އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުން،
- ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާ އެކު ފައިސާ ދައްކައިލުން،
- ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު،
- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް،
- ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަޑަތުން ހިމެނެއެވެ.
އުރީދޫގެ ކޮންމެ ޚިދުމަތެއް އެކްޓިވޭޓް ކޮށްގެން އުރީދޫ ރަމަޝާން ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިލަކީ ޑްރޯގައި އަގުހުރި ގިނަ އިނާމްތައް ލިބިގެންދާނެއެވެ. އެގޮތުން ނަސީބްވެރި ކޮންމެ 10 ފަރާތަކަށް 100 ޖީބީ ޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ.
އުރީދޫގެ ސުޕަނެޓް ޚިދުމަތް އެކްޓިވޭޓްކޮށްލައިގެން ނުވަތަ އަޕްގްރޭޑް ކޮށްލައިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 100 ޖީބީ ޑޭޓާ ބޯނަސް ލިބިގެންދާނެއެވެ.
ސައުދީ އަރަބިއްޔާގައި ތިބި އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށް ގުޅާލުމަށް 100 މިނެޓާއި 1ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ގޭގައި ތިއްބަވައިގެން ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ.
މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާ އެކު ފައިސާ ދައްކައިލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.
މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ އުރީދޫ މޯލްޑިވްސްއިން ހުޅުވައިލައިފައެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofyޒިޔާރާތްކުރައްވާށެވެ.
މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް އެލަރޓް ލިބިގަތުމަށް ވައިބަރ ބޭނުންނުކުރައްވާ ފަރާތްތަކުން “GO” ޖެއްސެވުމަށް ފަހު 4777އަށް އެސްއެމްއެސް ކޮށްލުމުން އެލާރޓް ލިބިގެންދާނެއެވެ.
ރަމަޝާންމަހުގެ ދުވަސްތަކުގައި ރީތި ޓިއުން މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަންނަވާނެއެވެ. “ރަމަޝާން” ޖެއްސެވުމަށް ފަހު 4000އަށް އެސްއެމްއެސް ކުރައްވައިގެން އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަތަޖުރިބާއެއް ހޯދުމަށް ވަނީ ފަހިކޮށްދީފައެވެ

