ސްރީލަންކާގެ ބަޓަރަމުއްލާގައި މިއަދު އާންމުން ކުރަމުންދިޔަ މުޒާހަރާއެއްގައި ބައިވެރިވުމަށް މަސައްކަތް ކުރި ޖަނަސެތާ ޕެރަމުނާގެ ލީޑަރު، މާތް ބަޓަރަމުލޭ ސީލަރަތަނާ ތީރޯ، ރުޅިގަދަމުޒާހަރާގެ ބައިވެރިން ރައްދު ކޮށްފިއެވެ.
މުޒާހަރާގައި ބައިވެރިވުމަށް އޭނާ އެތަނަށް ވަޑައިގެންނެވުމުން، މުޒާހަރާގެ ބައިވެރިން ވަނީ، އެމުޒާހަރާގައި އޭނާ ބައިވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި، ލަންކާގެ ރައްޔިތުން މިއަދު ޖެހިފައިވާ ހާލު ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ބަޓަރަމުލޭ ފަދަ ސިޔާސީ ލީޑަރުންގެ ސަބަބުން ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.
https://twitter.com/Kavinthans/status/1510921264780570627
ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަޓަރަމުލޭ ސީލަރަތަނާ ތީރޯ އެތަނަށް ވަޑައިގެންނެވީ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން ދައްކުވައިދީ މުޒާހަރާގެ ބައިވެރިންނާއެކު ހުރިކަން ދެއްކުމުގެ ގޮތުންނެވެ.
އެހެން ނަމަވެސް މުޒާހަރާގައި ބައިވެރިން ވަނީ އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އެނާ މުޒާހަރާއާއި ގުޅުމަށް ދެކޮޅު ހަދައި އޭނާ އެތަނުން ފޮނުވާލާފައެވެ. މުޒާހަރާގެ ބައިވެރިން ތަކުރާރުކޮށް އެތަނުން ނުކުތުމަށް އެންގުމުން، ބަޓަރަމުލޭ ވަނީ މުޒާހަރާއިން ނިކުމެގެން ގޮސްފައެވެ.

