ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ މާދަމާ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލުނބޯ ކިލޯއެއް ވިއްކާނީ 45ރ. އަށް ކަމަށެވެ. ޕީޕަލްސް ޗޮއިސް އިން މީހަކަށް އެއްކިލޯ ވިއްކާއިރު، އެގްރިސެންޓަރުން މީހަކަށް ތިން ކިލޯ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
https://twitter.com/stoplc/status/1511061359475113988
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. އެގޮތުން ރޯދަމަސް ފެށުނު އިރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއިން މަތީގައެވެ.

