އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަކީ ތަފާތު ބަލިތަކާއި އެހެނިހެން ތިމާވެށީގެ ބާރުތަކުން އަހަރަމެންގެ ހަށިގަނޑު ރައްކާތެރިކުރުމަށް ސައުވީސް ގަޑިއިރު މަސައްކަތްކުރުމުގެ ޒިންމާ އަދާކުރާ ނިޒާމެކެވެ.
ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިއާތަކުން ސަލާމަތްވުމަށާއި ހަށިގަނޑަށް އަންނަ ބަދަލުތަކާ ހަނގުރާމަކުރުމުގައި އަހަރެމެންގެ ދިފާއީ ނިޒާމް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަލިކަށި ދިފާއީ ނިޒާމެއް ހުންނަ މީހަކަށް އެހެން މީހުންނަށްވުރެ އާންމުކޮށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. ވަށައިގެންވާ އެހެން މީހުންނާ އަޅާބަލާއިރު އިންފެކްޝަންގެ ނުރައްކާ އެމީހަކަށް ބޮޑެވެ. އޮޓޯއިމިއުން ޑިސްއޯޑާސް، އެނީމިއާ، ނިއުމޯނިއާ، ބްރޮންކައިޓިސް، ހަންގަނޑުގެ އިންފެކްޝަންތައް، ހަޖަމުކުރުމުގެ މައްސަލަތައް އަދި ހެދިބޮޑުވުން އަދި ހެދިބޮޑުވުން ލަސްވުމަކީ ވެސް ދިފާއީ ނިޒާމް ދަށްކޮށް ހުންނަ މީހެއްގެ ގައިގައި ފާހަގަކުރެވިދާނެ ކަންކަމެވެ.
ސިއްހީ މާހިރުންނާ މަޝްވަރާކޮށްފައިވާ ގޮތުގައި، ދިފާޢީ ނިޒާމް ދަށްވުމުގެ ނިޝާންތަކާއި، ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ގިނަބަޔަކު ހޭލުންތެރިވާން ޖެހެއެވެ.
އިމިއުނިޓީ ދަށްވުމުގެ އެއް ސަބަބަކަށް ސްޓްރެސްގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބިގެންދިޔުން ހިމެނެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރާބުއިން، ރަނގަޅުކާނާ ނުކެއުން، އިންފެކްޝަން، ކެންސަރުގެ ފަރުވާ، އެޗްއައިވީ ނުވަތަ އެއިޑްސް ފަދަ ބަލިތަކަކީ ދިފާޢީ ނިޒާމް ބަލިކަށިވުމަށް ދިމާވާ ބައެއް ސަބަބުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ސީނިއާ ކޮންސަލްޓަންޓް- ގައިނަކޮލޮޖިސްޓް އަދި އޮބްސްޓެޓްރިޝިއަން އަދި ފައުންޑާ، މައިޓުރީ ވުމަންސް ހެލްތު ޑރ އަންޖަލީ ކުމާރު ވިދާޅުވާ ގޮތުގައި ، ދިފާޢީ ނިޒާމް ވަރުގަދަ ވުމަކީ ދުޅަހެޔޮ ހަށިގަނޑަކާއި ސިކުނޑިއަކަށް ކުރިން ބޭނުންވާ ކަމެކެވެ. ނަމަވެސް އަހަރަމެންގެ ބިޒީ އަދި ހަލަބޮލި ދުނިޔަވީ ދިރިއުޅުމުގެ ސަބަބުން ގިނަ ފަހަރަށް ސިއްހީ ގޮތުން އިހުމާލުވުމުގެ ސަބަބުން އަހަރަމެންގެ ދިފާޢީ ނިޒާމް ބަލިކަށިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރެސް ލެވެލް މަތިވުން، ރޯގާ އަދި އަރިދަފުސް، ނޭވާލާ ނިޒާމުގެ މައްސަލަތައް ފަސޭހައިން ޖެހި، ހަންގަޑުގެ ތަފާތު މައްސަލަތައް ކުރިމަތިވެ، އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވުން، ވަރުބަލިކަން އިހްސާސްވުން، އަދި ހަށިގަނޑަށް ކުރިމަތިވާ ކުދި ކުދި ޒަޚަމްތައް ރަނގަޅުވާން ގިނަ ވަގުތު ނެގެން ފަދަ ކަންކަން ކުރިމަތިވެއެވެ. އިސްވެ ދެންނެވުނު އިންޒާރުގެ ނިޝާންތަކަކީ ތިބާއަށް ދަންނަ ނިޝާންތަކެއް ނަމަ، ތިބާގެ ދިފާޢީ ނިޒާމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ.
އަހަރެމެންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް، އަހަރެމެންގެ ހަށިގަނޑު އެކި ބަލިތަކާއި އެހެނިހެން ތިމާވެށީގެ ބާރުތަކުން ރައްކާތެރިކޮށް ބެހެއްޓުމަށް ސައުވީސް ގަޑިއިރު މަސައްކަތް ކުރުމުގެ ޒިންމާ އަދާކުރެއެވެ. ނަމަވެސް ބައެއް ކަހަލަ ސަބަބުތަކާ ހުރެ އަޅުގަނޑުމެންގެ ދިފާޢީ ނިޒާމްގެ ބާރުކެނޑި، އަޅުގަނޑުމެންގެ ހަށިގަނޑަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އާންމުކޮށް އަރިދަފުސް ރޯގާ، އިންފެކްޝަންތައް ޖެހުމާއި، އޮޓޯއިމިއުން ބަލިތަކާއި، ތަފާތު ގުނަވަންތައް ދުޅަވުމާއި، ހަންގަނޑު ގެ މައްސަލަ ކުރިމަތިވެ، ހަނގަނޑު ބޯވެ ކެހުން، އަދި ކުޑަކުދިންގެ ހެދިބޮޑުވުން ލަސްވުން ފަދަ ކަންކަމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އޭގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކުރަންޖެހޭ ކަންކަމެވެ. ބަލިކަށި އިމިއުން ސިސްޓަމެއްގެ ބައެއް އާންމު ނިޝާންތައް ތަފްސީލުކޮށް ތަފްސީލުކޮށްދެއްވަމުން، ޑރ.އާރް.އާރް ދައްތާ، އެޗްއޯޑީ، އިންޓާނަލް މެޑިސިން، ޕެރަސް ހޮސްޕިޓަލްސް، ގުރޫގްރާމް، ވިދާޅުވެފައި ވެއެވެ.
އިމިއުނިޓީ ދަށްކަމުގެ އިންޒާރުގެ ނިޝާންތައް:
ހޮސްޕިޓަލްސް އުޖާލާ ސައިގްނަސް ގްރޫޕްގެ ފައުންޑަރ ޑިރެކްޓަރ ޑރ ޝުޗިން ބަޖާޖް ވިދާޅުވާ ގޮތުގައި، އިމިއުނިޓީ ދަށްކަމުގެ އެންމެ މަތީ އިންޒާރުގެ ނިޝާންތަކުގެ ތެރޭގައި ތިރީގައިވާ ނިޝާންތައް ފާހަގަކޮށްލެވެއެވެ.
އަބަދުވެސް ރޯގާޖެހި، އަރިދަފުސް އަޅައިފައި ހުރުން:
އަރިދަފުސް ރޯގާ ނުވަތަ ގިނަ ގިނައިން ރޯގާޖެހުމަކީ، ހަށިގަނޑަށް ސީޒަނަލް އިންފެކްޝަންތަކާ ހަނގުރާމަ ނުކުރެވޭތީ ކުރިމަތިވާ ކަމެކެވެ. ގިނަގިނައިން ރޯގާ ޖެހި، ރޯގާ ރަނގަޅުނުވެ ހުރުމަކީ، ހަށިގަނޑުގެ ދިފާޢި ނިޒާމް ދަށްވެ، އިމިއުނިޓީ ދަށްކަމުގެ ނިޝާނެކެވެ.
އާންމުކޮށް ބޭރަށް ހިންގުން، ގޭސް ނުވަތަ ބަނޑުގައި ރިއްސުން:
ހަޖަމުކުރުމުގެ މައްސަލަތަކުން ވެސް އަންގައިދެނީ ތިބާގެ އިމިއުން ސިސްޓަމް މަސައްކަތް ކުރަނީ އެންމެ އެކަށިގެންވާ ގޮތުގައި ނޫން ކަމެވެ.
ހަށިގަނޑަށް ލިބޭ ޒަޚަމްތައް ރަނގަޅުވުމަށް ދުވަސްނެގުން:
އަހަރަމެންގެ ހަށިގަނޑަށް ލިބޭ ކުދިކުދި ޒަޚަމްތަކާއި، ގެއްލުންތަކުން އަރައިގަތުމަށް ޤުދުރަތީ ގޮތުން ހަށިގަނޑުގައިވާ މެކޭނިޒަމް އެންމެ ރަގަޅު ނުވާނަމަ، އެއީވެސް ބަލިކަށިވެފައިވާ އިމިއުނިޓީގެ އިންޒާރުގެ ނިޝާންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އާންމުކޮށް އިންފެކްޝަން ތައް ޖެހިފައި ވުން:
ހަށިގަނޑުގެ އިމިއުން ސިސްޓަމް ބެކްޓީރިއާ، ވައިރަސް އަދި ގެއްލުންދެނިވި މާއްދާތަކުގެ ބޭރުން ހަނގުރާމަ ނުކުރެވޭނަމަ، އާންމުކޮށް އިންފެކްޝަންތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.
އަބަދު ވަރުބަލިކަން އިހްސާސްވުން:
އަބަދު ވަރުބަލިވުމުގެ އިހްސާސް ކުރެވޭނަމަ އެއީ އިމިއުނިޓީ ދަށްވުމުގެ ސަބަބުން ކަމުގައި ބެލެވިދާނެއެވެ.
ދިފާޢީ ނިޒާމް ވަރުގަދަ ކުރެވިދާނެ ގޮތްތައް:
ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބައެއް ބަދަލުތަކާއި އާ އާދަތަކުގެ ސަބަބުން ގުދުރަތީ ގޮތުން ތިބާގެ އިމިއުން ސިސްޓަމް ވަރުގަދަކޮށް ދުޅަހެޔޮކޮށް ބެހެއްޓިދާނެ އެވެ. ޑޮކްޓަރ އަންޖަލީ ކުމާރާއި ޑޮކްޓަރ ޝުޗިން ބަޖާޖްގެ ނަޒަރުގައި، ހަނދާނުގައި ބަހައްޓަންޖެހޭ ކަންތައްތަކެއް ތިރީގައި ހިމަނާލަމެވެ.
ބެލެންސް ޑައެޓެއް ގެންގުޅުން:
ކެއުމުގައި ބޭނުންކުރާ އެއްޗަކާމެދު ސަމާލުވާށެވެ. ބެލެންސްޑް ޑައިޓެއް ގެންގުޅުމަށް މަސައްކަތް ކުރާށެވެ.
ރަނގަޅަށް ނިދުން:
ރަނގަޅަށް މަދުވެގެން 8ގަށިއިރު ނިދާށެވެ. އަހަރެމެން ނިދަން އޮށޯންނައިރު އަހަރެމެންގެ ހަށިގަނޑަށް ހަކަތަ އިއާދަކޮށްދީ ހަލާކުވެފައިވާ ސެލްތައް މަރާމާތުކޮށްދެއެވެ.
ގަވާއިދުން ކަސްރަތު ކުރުން
ގަވާއިދުން ކަސްރަތު ކުރުމަކީ ތިބާގެ އިމިއުނިޓީ ވަރުގަދަކުރުމުގެ އިތުރުން، ދުޅަހެޔޮވެ، ބަރުދަން ހިފެހެއްޓުމަށް އެހީތެރިވެދީ، އަހަރެމެންގެ ހަށިގަނޑުގައި އުފާވެރި ހޯމޯންތަކެއް އުފައްދައިދިނުމުގެ އިތުރުން ކަސްރަތުގެ ސަބަބުން މޫޑް ލިފްޓްތަކާއި ސްޓްރެސްއާ ހަނގުރާމަ ކުރުމަށް އެހީތެރިވެދެއެވެ.
ގިނަ ގިނައިން އަތް ދޮވުން:
އަބަދުވެސް ގަވާއިދުން ވަކި އިންތިޒާމެއްގެ މަތިން އަތް ދޮންނާށެވެ. ޖަރާސީމުތައް ގިނައިން އަހަރެމެންގެ ހަށިގަނޑަށް ވަންނަނީ އަހަރެމެންގެ ނުސާފު އަތްތަކުންނެވެ.
ސްޓްރެސްގެ މިންވަރު ކުޑަކުރުން
ސްޓްރެސް ގެ މިންވަރު ކުޑަކުރުމަށް ސަމާލުވެ، ބޭކާރު ޚިޔާލާ ފިކުރުތަކާއި ދުރުވެ ހިތްހަމަޖެހިގެން ދިރިއުޅުމަކި މުހިންމު ކަމެކެވެ. ދުންޔަވީ ހަޔާތް ބާއްޖަވެރިކުރުމަށް އެދޭފަދައިން، އުޚްރަވީ ހަޔާތާއިމެދު ވިސްނައި، ދީނީކަންކަމަށް ލޯބިކުރުމާއިއެކު 5 ވަގުތު 5 ނަމާދަށް ރައްކާތެރިވުމަކީ، ދިރިއުޅުމުން ނުތަނަވަސްކަން ފިލުވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލެވުން
އިމިއުން ސިސްޓަމްގެ ބެލެންސް އާއި ބެލެންސް ކޮމްޕްރޮމައިޒް ކުރުމަށް އެނގިފައިވާ ފަދައިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ނޫނެކޭ ބުނާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އެތައް އިމިއުން އަދި އޮޓޯއިމިއުން ޑިސްއޯޑާތަކެއްގެ ނުރައްކާ އިތުރުވެގެން ދެއެވެ.
ޑރ. އާރް. އާރް ޑައްޓާ ވިދާޅުވާ ގޮތުގައި އިމިއުނިޓީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް ރަނގަޅު އަދި ބެލެންސްޑް ޑައިޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެ ޑައިޓުގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީ އަދި އެހެނިހެން މެކްރޯ އަދި މައިކްރޯ ނިއުޓްރިއެންޓްސް ފަދަ ހުރިހާ ބޭނުންތެރި ނިއުޓްރިއެންޓްތައް ހިމަނަން ޖެހޭ ކަމަށެވެ.
އަދި ދުޅަހެޔޮ ދިފާޢީ ނިޒާމަކަށް ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކެއް ގެނައުމަށް އޭނާ ލަފާދެއްވައެވެ. އޭގެ ތެރޭގައި ހަކުރު ގެ މިންވަރު ދަށްކުރުމާއި، ހައިޑްރޭޓްވެފައި ހުރުމާއި، ގަވާއިދުން ކަސްރަތު ކުރުމާއި، އެކަށީގެންވާ މިންވަރަށް ނިދުމާއިއެކު، ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ސްޓްރެސް ލެވެލް ރަނގަޅަށް މެނޭޖްކުރުން ހިމެނެއެވެ.

