ހަމުގެ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ އުމުރުން އެއް އަހަރުގެ ޔޫސުފް ލަޔަކް ނިޔާވެއްޖެއެވެ.
ހާލެކުއިނިކް އިޗްތިއޮސިސް ނަމަކަށް ކިޔާ މަދުން ފެންނަ ހަމުގެ ބައްޔެއް ތަޙައްމަލު ކުރަމުން އައި، ގިނަ ބަޔެއްގެ ލޯބި ލިބުނު ލަޔަކް ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ލަޔަކް އަށް ޖެހިފައިވާ ބަލިން ސަލާމަތް ކުރުމަށް ލަޔަކްގެ މައިންބަފައިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ލަޔަކް އަށް ފަރުވާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަސްވެސް އެ ދެމަފިރިން އެދުނެވެ.
ގިނަ ބަޔެއްގެ އެހީތެރިކަމާއެކު، ލަޔަކް އަށް އެހީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. ދާދިފަހުން ވެސް ލަޔަކް ވަނީ ބަލްޑް އިންފެކްޝަން ވެގެން އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އެޑްމިޓު ކޮށްފައެވެ. ލަޔަކް އަށް ޖެހިފައިވާ ބަލީގެ ސަބަބުން ފެންވަރުވާ ވަގުތު ހަންގަނޑު ގައިން ނެއްޓެއެވެ. އަދި ބައެއް ފަހަރު ލޭވެސް އާދެއެވެ.

