ފުޅާމިނުގައި 740 ހުރި ބޮޑު ގިނަ ހިލައެއް ދުނިޔެއާ ކައިރިން މިމަހު ދަތުރުކުރާނެ ކަމަށް ނާސާއިން ހާމަ ކޮށްފިއެވެ.
ނާސާއިން އާންމުކުރި ރިޕޯޓެއްގައި ބުނާގޮތުގައި މިގިނަހިލަ މިހިނގާ މާރޗްމަހުގައި ދުނިޔެއާއި ދެމޭލު ދުރުން ދަތުރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހަނދާއި ދުނިޔެ އާ ދެމެދު 348 މިލިޔަން މޭލު ހުންނައިރު ދުނިޔެއާއި އެންމެ ކައިރީގައިވާ ޕްލެނެޓް ކަމަށްވާ، މާކިއުރީއާއި ދުނިޔެއާއި ދެމެދުގައި ހުންނަނީ، 195.66 މިލިއަން ކިލޯ މޯޓަރު ކަމަށް ނާސާ ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން ނާސާއިން ބުނާ ގޮތުގައި މިއީ ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާ ގިނިހިލައެކެވެ.
2008 އޭޖީ 33 ގެ ނަމުން ނަންދީފައިވާ މި ގިނި ހިލަ ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރާނެ ކަމަށް ނާސާއިން ލަފާ ކޮށްފައިވަނީ، މިމަހިގެ 28 ވަނަ ދުވަހުއެވެ. އަދި މިއީ މިއަހަރު ދުނިޔެ ކައިރިން ދަތުރު ކުރާނެ އެންމެ ބޮޑު އެއް ގިނި ހިލަ ވެސްމެއެވެ. މިގިނަހިލަ ގަޑިއަކު 23،200 މޭލުގެ ބާރުމިނުގައި ދަތުރުކުރާނެކަމަށް ނާސާއިން ބުނެއެވެ.
ދުނިޔެއާއި ކައިރިން ދަތުރުކުރިނަމަވެސް މިގިނަހިލައިގެ އަސަރު ދުނިޔެއަށް ނުކުރާނެ ކަމަށް ނާސާއިން ވަނީ ލަފާކޮށްފައެވެ.

