އިންޑިއާގެ ބެންގަލޫރޫ ސިޓީގެ ހަތް ސްކޫލެއްގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު މިއަދު ހެދުނުގެ ވަގުތެއްގައި ދީފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަކުގައި ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ އިންޒާރާއި ގުޅިގެން އެސްކޫލްތަކުން މިހާރު ވަނީ ތަން ހުސްކޮށްލާފައެވެ. އިންޑިޔާގެ ފުލުހުން ދަނީ އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ބެންގަލޫރު ސިޓީގެ ޕޮލިސް ކޮމިޝަނަރު ކަމާލް ޕަންޓް އާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެ ސިޓީގެ ހަތް ސްކޫލަކަށް ބޮމުގެ އިންޒާރު ލިބިފައި ވާތީ އެ ސްކޫލްތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ބޮމް ސްކޮޑްތައް ޗެކް ކުރުމަށް އެ ސްކޫލްތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

