މަސްދޯނިތަކެއް ކިޔޫގައި ތިއްބާ ފިޔޯރީ އައިސްޕުލާންޓްގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
މިއަދު ގދ.ފިޔޯރީ އައިސްޕުލާންޓުން އައިސް އެޅުމަށް އެތައް މަސްދޯޏެއް ކިޔުގަ ތިބެ އައިސް އަޅަމުން ދަނިކޮށް ޕުލާންޓުން ތެޔޮހުސްވެގެން ހިދުމަތްމެދުކަނޑާލަންޖެހުނީ ޕްލާންޓް ހިންގަން ބޭނުންވާކުރާ ތެޔޮ ހުސްވެގެންނެވެ.
މިގޮތަށް ކަންތައް ވުމުން އައިސް ނުލިބުން އެސަރަހައްދަށް ދިޔަ މަސްވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކޮއްފައެވެ.
ފިޔޯރީގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ފިޔޯރީ އައިސް ޕްލާންޓްގައި 10000ލިޓަރ ތެޔޮ ރައްކާ ކުރެވޭ ގޮތައް ހުއްޓަސް އެންމެފަހުން އަޅާފައިވަނީ ޖުމްލަ 3000ލިޓަރު ތެޔޮ ކަމަށާއި ދުވާލަކަށް 800ލިޓަރ ތެޔޮބޭނުން ޖެހޭ ތަނަކަށް މިހާ މަސްވެރިކަން ރަގަޅު ދުވަސް ވަރަކު މިހާ ދޯދިޔާ ގޮތަކަށް ސަރުކާރު ކުންފުންޏަކުން ހިންގާ ޕުލާންޓް ވެގެން ދިއުމަކީ ސަރުކާރުގެ އިޚުލާސްތެރިކަން މަސްވެރިންނަށް އޮތްމިންވަރު ހާމަވާކަމެއް ކަމަށެވެ.
ރައީސް ފައިޒަރު ވިދާޅުވީ މިފްކޯ އިން ހިންގަމުންދާ މި ޕުލާންޓަކީ ދުވާލަކު 20 ޓަނު އައިސް އުފެއްދޭނެ ޕުލާންޓެއްގެ ގޮތުގަ މިފްކޯ އިން ބުނިކަމުގައި ވިޔަސް އެތަނުން 24 ގަޑި އިރަކަށް އުފެދެނީ ޖުމްލަ 08 ޓަނު އައިސްކަމީ ހިތާމަ ހުރި ކަމެއްކަމަށެވެ.
ފިޔޯރީ އައިސްޕުލާންޓަކީ ފަޅުގެ ގޮތުން މަސްވެރިންނަށް އެންމެ ކަމުދާ ޕުލާންޓް އަކަށްވީއިރު 2018 ވަނައަހަރު ކެންޕެއިންގަ ފިޔޯރީ އައިސްޕުލާންޓް ކެޕޭސިޓީ 50 ޓަނަށް ބޮޑުކޮއްލަ ދެއްވާނެކަމަށް ވީ ވަޣުދު މަތިން ސަރުކާރު ހަދުމަ ނެތިވެފަތިބިކަމީ ސަރުކާރުގެ އިޚުލާސްތެރިކަން ނެތްކަން ސާބިތުވާކަމެއް ވެސް ފައިޒަރު ވިދާޅުވިއެވެ.

