ބ. ފުޅަދޫ ސްކޫލްގައި ސައިންސް ކިޔަވައިދެމުން ދިޔަ ބިދޭސީ ޓީޗަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެޓީޗަރު ނިޔާވެފައިވަނީ އުނދަގޫތަކެއް ވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 12:00 އެހާކަންހާއިރުއެވެ.
ނިޔާވި ޓީޗަރުގެ ހަށިގަނޑު މިހާރު ވަނީ މާލެ ފޮނުވާލާފައެވެ.
މަނޯޖްކުމާރު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެގޮތުން މިނިސްޓްރީއިން އެއާއިލާއަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައިވަނީ، 8 އަހަރު ދުވަހު ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކޮށްދެއްވާފައިވާ މަނޯޖް ކުމާރަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލްގެ މުވައްޒަފުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޓީޗަރެއްކަން ފާހަނގަކޮށްފައެވެ.

