އައިފޯން 11 އެއް ގަތުމަށްފަހު ފޭކް ސްލިޕެއް ފޮނުވި މީހަކު 10މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ރާއްޖެއަށް އައިފޯނު ގެނެސް ވިއްކާ ފިހާރައަކުން މިިދިޔަ އަހަރު މާރޗްމަހު އޮންލައިންކޮށް އައިފޯން 11 އެއް އޯޑަރުކުރުމަށްފަހު އެފޯނުގެ އަގަށްވާ ފައިސާ 13،500 ރުފިޔާގެ ފޭކް ސްލިޕެއް ވަނީ ފޮނުވާފައެވެ.
މިމައްސަލައިގައި ޖަލަށް ހުކުމްކޮށްފައިވަނީ ހދ. ނޭކުރެންދޫ ވިނަރެސް. އާދަމް ވިޝާންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމުގެ ތެދުުކަން ދެއްކުމުގެ ދައުވާ އާއި އެހެން މީހެއްްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ކޯޓުގައި އެއްބަސްވި އެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން އޭނަގެ މައްޗަށް ހުކުމްކުރީ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ހަތް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.
ފޭކް ސްލިޕްތައް ފޮނުވައިގެން ވިޔަފާރި ކުރަމުންދާތީ ފުލުހުން ދަނީ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

