ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ، ނ. މިލަދޫ / ކަންމަތީގެ ، އަލީ ސަބާހް (30އ)އެވެ. އޭނާ ހޯދަމުންދަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
އެމައްސަލައާއި ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި، އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީއެވެ.
އޭނާ ހާޒިރުވާން ޖެހެނީ، 30 އޭޕްރީލް 2022 ވަނަ ދުވަހުގެ 12:00 އަށް، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށެވެ.

