ކައްދޫއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭ ލޭންޑިންގ ގިޔަރު ތިރި ނުކުރެވިގެން އިމަރޖެންސީގައި ވެލާނާ އެއަރޕޯޓަށް ޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތގައި، އެފްލައިޓަކީ ގއ ކޫއްޑޫއިން ކައްދުއަށް ދަތުރުކުރި ފްލައިޓެކެވެ. އެގޮތުން އެފްލައިޓް ކައްދުއަށް ލޭންޑްކުރަން އުޅުމުގެ ތެރޭގައި ގިއަރު މަސައްކަތް ނުކުރާތީ އެމަރޖެންސީ ހާލަތުގައި މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ރޫޓު ބަދަލުކުރީއެވެ.
އެފްލައިޓް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާއިރު އޭގެން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ. އިމަރޖެންސީ ހާލަތުގައި މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަން ފްލައިޓް ނަންބަރު Q2274 އެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް މޯލްޑިވިއަންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

