ބޭނުންވާ ތަކެތި
- 400ގ ބަޓަރ
- 1200ގ ޗޮކްލެޓް
- 500ގ ބްރެޑްގެ އެއްބައި (ފުނޑުކޮށްފައި)
- އައިސިން ޝުގަރ ކޮޅެއް
- ޗޮކްލެޓް ސޯސް
- ނަޓްސް
ތައްޔާރުކުރާނެ ގޮތް:
ތަވާ އުނދުން މައްޗަށް އުދައި ހޫނުވުމުން ބަޓަރާއި ޗޮކްލެޓް އަޅާފައި ދިޔާކޮށްލާށެވެ. ދެން ހިމުންކުރި ޕާންކޮޅު އޭގެ ތެރެއަށް އަޅާފައި އެއްކުރުމަށްފަހު ޓްރޭއެއްގައި އޮއިލް ޕޭޕަރ އަޅާފައި އަޅާލުމަށްފަހު މަތި އޮމާންކޮށްލާށެވެ. އެއަށްފަހު ހިހޫވުމުން ފްރިޖަށްލާށެވެ. ދެން ނަޓްސް ކޮޅާއި ޗޮކްލެޓް ސޯސްކޮޅު މައްޗަށް ބުރުވާލާށެވެ.

