ގއ.ދާންދޫ ސްކޫލްގެ ކްލާސްރޫމެއްގައި ހުރި ފަންކާއެއް ދަރިވަރެއްގެ ބޮލަށް ވެއްޓިއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ލިބުނުގޮތުގައި އިއްޔެ ހެދުނު ދަރިވަރުން ކްލާސްރޫމްގައި ކިޔަވަން ތިއްބާ އެކްލާސްރޫމްގައި ހުރި ފަންކާއެއް ވަނީ ދަރިވަރެއްގެ ބޮލަށް ވެއްޓިފައެވެ. މިހާދިސާގެ ސަބަބުން ދަރިވަރަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަނިޔާ ލިބުނު ދަރިފވަރުގެ އާއިލާއިން ބުނި ގޮތުގައި އެދަރިވަރުގެ ބޮލަށް ފަންކާ ވެއްޓުމުގެ ސަބަބުން އެކުއްޖާގެ ބޮލުގައި ރިއްސާ ކަމަށާއި އަތަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ދާންދޫ ސްކޫލަކީ މީގެ 10 އަހަރު ކުރިން އިމާރާތްކޮށްފައިވާ ވަރަށް ގިނަ ދުވަސްވީ އިމާރާތެކެވެ. އެހެންކަމުން ކްލާސްރޫމްގައި ހުުރި ފަންކާ ވެއްޓިފައިވަނީ ފަންކާ އަޅުވާފައިވާ ބުޅިގަނޑުން ނައްޓާލައިގެން ކަމަށް އެރަށު މީހަކު ހުވަދޫ ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ. އަދި އެރަށު ސްކޫލްގައި ކިޔަވައިދެމުންދަނީ ބާ އިމާރާތެއްގައި ކަމަށް އެމީހާ ބުނެފައިވެއެވެ.

