ޝާގެ ކޭކް މީރުވެފައި އެހާމެ ރީތި
" ވަރަށް ބޮޑު އުއްމީދެއް ޝާ ކޭކް ނަމުގައި ތަނެއް ހުޅުވި މި މަސައްކަތް ޕްރޮފެޝަނަލް ލެވެލްގައި ރަސްމީ ކުލަ ޖެހުން. އެކަމަށް މިހާރު ތައްޔާރު ވަމުން މިދަނީ. އަދި އަމިއްލަ އުނގެނުމާއި އެހެންމީހުން ތަމްރީނު ކުރަން ވެސް ވަރަށް އަވަހަށް ފެއްޓޭތޯ މިބަލަނީ" ކޮންމެ ވެސް ފަރާތަކުން ކޭކު އަޅަން ދަސްކޮށްދޭ ކްލާހެއް ނުވަތަ ވަރކް ޝޮޕެއް ނަމަވެސް ހިންގަން އެދެފިނަމަ އެކަން ކޮށްދިނުމުގެ ޝައުގުވެރިކަން ބޮޑު ޝާ ބުންޏެވެ.
ހުވަދޫ ނިއުސް އަށް ދިން ޚާއްސަ އިންޓަރވިއު ނިންމާލުމުގެ ފަހު ބަހެއްގެ ގޮތުން ޝާ ވަނީ އޭނާ އަށް އެހީތެރި ވަމުން ދާ އަމިއްލަ އާއިލާ އާއި ފިރިމީހާ ގެ އާއިލާ ގެ އިތުރުން ރައްޓެއްހިންނާ އަދި އޭނާ ހެދި ކޭކް ކޯސް ތަކުގެ މިސް ޒިދްލީނާ ޒައިމް އާއި ފިރިމީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮއްފައެއެވެ. މިވަގުތު ހުވަދު އަތޮޅުގައި ތިބި ހުނަރުވެރި ކޭކު އެޅުންތެރިންގެ ލިސްޓްގައި ހިމެނޭ ޒުވާން ޝާޒްލީން ގެ ހުވަފެނަކީ ހުވަދު އަތޮޅުން ބޭރަށް ކޭކު ތައް ފޮނުވާލުމެވެ. މާލެއާއި ރާއްޖޭގެ ގެ ހުރިހާ ރަށަކުން އޭނާގެ ކޭކު ތަކުގެ ރަހަބެލުމެވެ. އާނއެކެވެ. މުޅި ރާއްޖެއަށް "ޝާ ކޭކް" ފުޅާ ކުރުމެވެ. ރާއްޖޭގެ ގިނަ ދޫތަކަށް ޝާ ކޭކުގެ މީރު ރަހަ ލައްވާލާށެވެ.

ޓެގް

މީހުން