ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ ރައީސް ކަމަށާއި، އެމަނިކުފާނު ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ މަސްކޮޅު ނުކިރުމުގެ ޝަކުވާތަކަށް އަވަސް ހައްލެއް ގެނެސް ހުރިހާ މަސްތަކތެއް ކިރައިދިނުމަށް ސަރުކާރުން ހަޖައްސައިދިނުމާއި ގުޅޭގޮތުންންވެ.
ރޮޒެެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތިކަމެއްގައި ރައްޔިތުންގެ އަޑު އައްސަވައި އެކަމެއް ހައްލުކޮށްދެއްވާ ކަމަށާއި، މިއީ ބަޔަކު ދެކެ ބިރުން ނޫނީ މަޖުބޫރު ވެގެން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހް ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ދެކުނަށް މަސްވެރިކަން ރަނގަޅުވެ މިދިޔަ ހަފްތާގައި ކޫއްޑޫކެޕޭސިޓީއަށްވުރެ އިތުރަށް މަސްބާނާފައިވާތީ، މިފްކޯއިން ވަނީ މަސްކިރުން ކޮންމެ ދޯންޏަކުން ދުވާލަކު ފަސްޓަނަށް ލިމިޓްކޮށްފައެވެ. އެކަމާއި ގުޅިގެން މަސްވެރިން ވަނީ ކޫއްޑޫގައި މުޒާހަރާކޮށްފައެވެ.
މަސްވެރިން މުޒާހަރާކުރަން ފެށުމާއެކު ސަރުކާރުން ނިންމީ ކޫއްޑޫ ބަނދަރުގައި އަޅާފައި އޮތް ހުރިހާ ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރައި ދިނުމަށް ނިންމައިފައެވެ.

