ޖައްމޫ އެންޑް ކަޝްމީރުގެ ސަމްބާ ޑިސްޓްރިކްޓްގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ ނުވަ މަހުގެ ތުއްތު ދަރިފުޅަށް އަނިޔާކޮށް ތަޅައި، ކަރުގައި ހިފައި، އެމދުމައްޗަށް ހޫރާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އޭގެ ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އަންހެނަކު އެއްވެސް ރަހުމެއްނެތި ތުއްތު ދަރިފުޅު ގައިގައި ތަޅައި، އަނިޔާކޮށް، ކުޑަ ދަރިފުޅު ކަރުގައި ހިފައި މަރާލަން އުޅޭ މަންޒަރު ދައްކުވައިދޭ ބިރުވެރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މިވީޑިއޯ ވައިރަލް ވުމާއި ގުޅިގެން، ވީޑިއޯގައި ފެންނަ މަންޒަރަށް ބަލައި ފުލުހުން ވަނީ އެވީޑޯ ޓްރޭސްކޮށްފައެވެ. މިގޮތުން އެ ވީޑިއޯ އަކީ ޖައްމޫ އެންޑް ކަޝްމީރަށް ނިސްބަތްވާ މަންޒަރެއްކަމަށް ޓްރޭސްކުރެވި، ތުހުމަތު ކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ވައިރަލްވި މިވީޑިއޯ އަކީ ޖައްމޫ އެންޑް ކަޝްމީރުގެ ނަގާފައިވާ ވީޑިއޯއެއްކަން އެގުނު ހިސާބުން ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފަ އެވެ. ވީޑިއޯއިން ފެންނަ އަންހެން މީހާ ތުއްތު ކުއްޖާގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ އިރު، އޭނާއަކީ ޖައްމޫ ޑިވިޝަންގެ ސަމްބާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހެކެވެ.
https://twitter.com/satwantrissam/status/1513544274020745220?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1513544274020745220%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.thenorthlines.com%2Fmother-from-samba-chokes-slaps-infant-held%2F
ވީޑިއޯ ކްލިޕްއިން ފެނިގެންދާގޮތުގައި، އަންހެނަކު ތުއްތު ކުއްޖަކު އުނގުމަތީ ބާއްވައިގެން އެދެއްގައި އިށީނދެގެން އިންނައިރު، އެހެން މީހަކާއި ޒުވާބުކުރާ އަޑު އިވިގެންދެއެވެ. އުނގުގައި އޮތް ތުއްތު ދަރިފުޅު ހުއްޓާނުލައި ރޯ އަޑު ވީޑިއޯއިން އިވިގެންދިޔުމުގެ އިތުރުން، ކުއްޖާ ގައިގައި ތަޅައި، ކުއްޖާގެ ކަންކަށި މަތީ އެތައް ފަހަރަކު ޖަހައި، އަނިޔާ ކޮށް އެދުމައްޗަށް ހޫރާލާ މަންޒަރު ފެނިގެން ދެއެވެ. އަދި ކައިރީގައި އިތުރު އަންހެނަކު ހުރި މަންޒަރު ފެނެއެވެ. ނަމަވެސް އަންހެން މީހާ ހުއްޓުވައި، ކުއްޖާއަށް އަނިޔާކުރުން ހުއްޓުވަން އުޅޭ މަންޒަރެއް ނުފެނެއެވެ.
ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުވުމާ އެކު އިންޓަރނެޓްގެ ގިނަބަޔަކު ވަނީ އެ އަންހެން މީހާގެ އަނިޔާވެރިކަމާ ގުޅިގެން ފުލުހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޑިމާންޑްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އަންހެންމީހާގެ މިވީޑިއޯ ޝޫޓްކޮށްފައިވަނީ އަންހެންމީހާގެ އާއިލީ މެމްބަރެކެވެ. އޭގެ ފަހުން އަންހެންމީހާ ހައްޔަރުކޮށް، ތުއްތުކުއްޖާ ވަނީ ފިރިމީހާއާ ހަވާލުކޮށްފަ އެވެ.
ކުޑަކުއްޖަކަށް ލާއިންސާނީ އަނިޔާ ކުރުމުގެ ކުށުގައި މިއަންހެންމީހާ ހައްޔަރުކޮށް ބަންދުކޮށްފައިވާކަމަށް ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މީޑިއާއަށް އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވާގޮތުން، މިތުއްތު ކުއްޖާގެ ހާލަތު ރަނގަޅުކަމަށާއި، ކުއްޖާއަށް އަނިޔާކޮށްފައިވަނީ، އެކުއްޖާގެ މަންމަ ކަމުގައެވެ.

