އިންޑިޔާގައި ބޮނޑެއް ރޭޕްކުރި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ މަހަރާސްތުރާގައި ހިނގާދިޔަ މިހާދިސާގައި ރޭޕްކޮށްފައިވަނީ ބޮނޑުގެ ވައްތަރެއް ކަމަށްވާ “ބެންގާލް މޮނީޓާ ލިޒަޑް” އެކެވެ.
މިބޮނޑަކީ މަހަރާސްތުރާގައި އޮންނަ ޝަހީދަރީ ޓައިގަރ ރިޒާވް ޕާކުގައި އޮންނަ ބޮނޑެކެވެ. މިއަމަލު ހިންގި ހަތަރު މީހުންގެ ތެރެއިން އެކަކުގެ ފޯނުން ކޮށްފައިވާ ވީޑިޔޯއެއް ފެނުމާއި ގުޅިގެން މިމައްސަލަ ވަނީ ފެންމަތިވެފައެވެ. އެއަށްފަހު ސީސީ ޓީވީގެ ފުޓޭޖަށް ބަލައި ހަތަރު މީހުން މިހާރު ވަނީ ދެނެގަނެ ހައްޔަރު ކޮށްފައެވެ.
މިވައްތަރުގެ ބޮނޑަކީ 1972އިން ފެށިގެން އިންޑިޔާގައި ހިމާޔަތްކޮޮށްފައިވާ ބޮނޑޫގެ ވައްތަރެކެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސަންދީޕު ތުކުރާމާއި، ޕަވަރު މަންގޭސާއި، ޖަނަރްދަން ކަމްޓޭކަރުގެ އިތުރުން އަކްޝޭ ސުނިލް ނަަމަަކަށްކިޔާ ބައެކެވެ. މިމީހުންގެ މައްޗަށް ޖަލު ހުކުމެއް އަންނާނެކަމަށް މީޑިޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

