ހުޅުމާޅޭގެ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅިއަކުން ހަމަލާދީ އެކަކު މަރާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ރެސްޓޯރަންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އެއީ ކޮން ރެސްޓޯރަންޓެއް ކަމަށާއި ޒަހަމްވި މީހާއަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެހަދިސާގައި އަނިޔާ ލިބުނު މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައިވަނީ ބަނގްލަދޭޝްގެ ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގާފައި ވަނީ ހުޅުމާޅޭގައި ހުންނަ ހާންޖީ ކިޔާ ރެސްޓޯރަންޓެއްގައެވެ.

