ހުޅުމާލޭ ރެސްޓޯރަންޓެއްގައި މިރޭ މާރާމާރީ ހިންގައި އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފަކު މަރާލި މައްސަލައާއި ގުޅިގެން، އޭނާ މަރާލި ޕާކިސްތާން މީހާ ހޯދަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މިމަރާއި ގުޅިގެން ހޯދަމުން ދަނީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށް ކިޔާ ޕާކިސްތާން ރައްޔިތެއްކަމަށެވެ. ފޮޓޯއާއިއެކު އެމީހާ ހޯދަން އިއުލާންކޮށްފައިވާއިރު، ފުލުހުން ބުނީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަމަ 119 އަށް ގުޅައި ހިއްސާ ކުރުމަށެވެ.
އަދި އެމީހާއަކީ ނުރައްްކާތެރި މީހެއް ކަމަށާއި، އެމީހާ ފެނުނު ނަމަވެސް އެމީހާއާއި ކުރިމަތި ނުލައި ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީނ އެދިފައެވެ.
ހުޅުމާލޭ ހާންޖީ ރެސްޓީރަންޓުގައި މިއަދު ހިނގި އެ މާރާމާރީގައި އަނިޔާވި ވެއިޓަރު ހަވީރު 5:30 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

