ޓެކްސީއަކާއި ބެޓެރީ ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ޕޮލިސް ފްލެޓު ސަރަޙައްދުގައި ޓެކްސީ އަކާއި ބެޓެރީ ބައިސްކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިރޭ 21:20 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ބެޓެރީ ބައިސްކަލް ދުއްވަން އިނީ ބިދޭސީ ފިރިހެނެކެވެ. ފުލުހުން ބުނީ ބައިސްކަލް ދުއްވަން އިން ބިދޭސީ ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ ބައިސްކަލް ދުއްވަން އިން ބިދޭސީ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ޓެކްސީގައި ތިބި 18އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް އަދި އުމުރުން ދުވަސްވީ އަންހެނަކަށް އެކިވަރުގެ އަނިޔާލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.

